ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލް ދަނޑުގެ ލައިޓިންގ، ކާނު، ބެންޗް، އަދި ލެވެލްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން

އިޢުލާން

ސްޕޯޓްސް އެރީނާ ފުޓްސެލްދަނޑުގެ 02 ވަނަ ފިޔަވަހީގެ ދަށުން މިރަށު ފުޓްސެލްދަނޑު ތަރައްޤީ ކުރުމުގެ 02 ވަނަ ފިޔަވަހީގައި ހިމެނޭ ލައިޓިންގ، ކާނު، ބެންޗް، އަދި ލެވެލްކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިނިސްޓްރީގެ މިންގަނޑާއި، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވެވޭނީ މި ކައުންސިލަށް -/100 ރުފިޔާ ފީއެއް ދެއްކުމުންނެވެ. ފޯމާއެކު ދޫކުރެވޭ މަޢުލޫމާތުކަރުދާސް ދޫކުރެވޭނީ އެއްލައްކައިން ދަށް -/100 ރުފިޔާ، އެއްލައްކައާއި ފަސްލައްކައާ ދެމެދު -/200 ރުފިޔާ، ފަސްލައްކައިން މަތި -/500 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެތްދޫ ފުޓްސަލްދަނޑުގެ 02 ވަނަ ފިޔަވަހީގެ މަސައްކަތުގެ އަންދާސީހިސާބު " މިހެން ލިޔުމަށްފަހުގައެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް

   - މިއިދާރާއިން އަންދާސީހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީހިސާބު

30 ޖޫން 2016
ހޯދާ