ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޯޓިސްބޯޑެއް ހެދުމާއި ހިނަވާގޭގެ ގޭޓުގައި 2 ބޮކި ހަރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ނޯޓިސްބޯޑު ހެދުމާއި ހިނަވާގޭގެ ގޭޓުގައި 2 ބޮކި ހަރުކުރުން

މިއިދާރާއިން ދައްކާ ކުރެހުމާ އެއްގޮތަށް ނޯޓިސްބޯޑެއް ހެދުމާއި ހިނަވާގޭގެ ގޭޓުގައި 2 ބޮކި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)253-CAA/253/2016/53 (04 މޭ 2016) އަދި (IUL)253-CAA/253/2016/65 (29 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އެމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ހާޒިރުވެދެއްވުން އެދެމެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންޖެހޭނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިމަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ރަމަޟާން 1437

26 ޖޫން 2016
ހޯދާ