މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރާގެ ނަންބަރު (IUL)321/321/2016/47 (25 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލައިފިމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 05 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޕާކު ތަރައްޤީކޮށްދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިންގރޫމުގައެވެ.

މި ޕާކް ތަރައްޤީކޮށްދޭ ފަރާތަކަށް ޕާކުގެ ތެރެއިން 1500 އަކަފޫޓުގެ ބިމެއް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ހަވާލުކުރެވޭނެއެވެ. އަދި މި ޕާކްތަކުގެ %40 ގައި ގަސް އިންދައި ފެހިކޮށް ބޭއްވުމާއި މި ގަސްތައް ގަވާއިދުން ބެލެހެއްޓުމަކީ، މި ޕާކް ތަރައްޤީކުރާ ފަރާތުގެ ޒިންމާއެކެވެ. މިކަމުގައި ކައުންސިލް އިދާރާއަށާއި މިކަން ކުރާ ފަރާތަށްވެސް ފައިދާކުރާނެ ގޮތަކަށް އަދި ރައްޔިތުންނަށް އުފާވެރި ހިތްހަމަޖެހޭ ރީތި މާޙައުލެއް ޤާއިމުކުރެވޭނެ ގޮތަކަށް ހުށަހަޅުއްވާ އަންދާސީހިސާބުތަކަށް އިސްކަންދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

23 ރަމަޟާން 1437

28 ޖޫން 2016
ހޯދާ