ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1 (އެކެއް)

ސެކްޝަން / ޔުނިޓް: އިދާރީ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ވ. އަތޮޅު ތަޢުލީމީ މަރުކަޒު

މުސާރަ: މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށްދޭ ޢިނާޔަތްތައް (އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތް ފަދަ) ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ވ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ވ. އަތޮޅު ތަޢުލީމީ މަރުކަޒު

މަޤާމުގެ ދާއިރާތައް:

އެކައުންޓިންގ

ފައިނޭންސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ސްކޫލް މެނޭޖްމަންޓް

ކިޔަވައިދިނުމުގެ ދާއިރާ

އިންފޮމޭޝަން ޓެކްނޮލޮޖީ

ހިއުމަން ރިސޯސް މެނޭޖްމަންޓް 

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

- ރަސްމީ މަސައްކަތާއި، ނުރަސްމީ މަސައްކަތްތަކުގައި ރޭވިފައިވާ އުސޫލާ އެއްގޮތަށް އޮފީސް ހުޅުވައި، ލެއްޕުން.

- ސަރުކާރުގެ ފައިސާއާބެހޭ އާންމު ގަވާއިދުތަކާއި ހަމަތަކުގެމަތިން ސްކޫލް ހިންގުމުގެގޮތުންނާއި ކިޔަވައިދިނުމާ ގުޅޭގޮތުން ސްކޫލަށް ބޭނުންވާ ހުރިހާ ޚަރަދުތަކެއް ކުރުމާއި، މި ޚަރަދުތައް ކުރެވޭގޮތާއި ޚަރަދުތައް ހިންގާ ނުހިނގާގޮތް ބެލެހެއްޓުން.

- ސްކޫލުގެ ބަޖެޓުން ކުރެވޭ އެކިއެކި ޚަރަދުތައް އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓަކުން ހަމަޖެއްސޭތޯ ބެލުމުގެގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރުން.

- ސްކޫލުގެ ބަޖެޓަށް ބޭނުންވާ ފައިސާ ބަޖެޓަށް އިތުރުކުރުމުގެގޮތުން ނުވަތަ އެއް އައިޓަމުން އަނެއް އައިޓަމަށް ބަދަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.

- ސްކޫލުގެ މުވައްޒަފުންނާއި ޓީޗަރުންނަށް މުސާރައާއި އެހެނިހެން ފައިސާ ދިނުމާ ގުޅޭގޮތުން ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަންޖެހޭ ކަންތައްތައް ބެލެހެއްޓުން.

- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމުގެ ކަންތައް ބެލެހެއްޓުން.

- ސްކޫލުގައި ބޭއްވޭ ބައިނަލްއަޤަވާމީ އިމްތިޙާނުތަކާބެހޭ އިދާރީ އެންމެހައި މަސައްކަތައް ރާވައި ބެލެހެއްޓުން.

- ދަރިވަރުންގެ ކައްތައްތަކުގައި ކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުން.

- ދުވަހުގެ ޔައުމިއްޔާއާއި ބައްދަލުވުންތަކުގެ ޔައުމިންޔާތައް ކުރިއަށްގެންދާގޮތް ބެލެހެއްޓުން.

- ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް، ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރުން.

- ކިޔަވައިދިނުމާ ސީދާ ގުޅުމެއްނެތް އެންމެހައި މުވައްޒަފުން މަސައްކަތްތައް ބަލައި، އެ މުވައްޒަފުންގެ މަސައްކަތް އޮބްޒަރވްކުރުން.

- އެޑްމިން މުވައްޒަފުންނާއި މަސައްކަތު މުވައްޒަފުންގެ ވަޒީފާބަޔާނުގައި އެ މުވައްޒަފުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުން ގެންދޭތޯ ބެލުން.

- ސްކޫލަށް ހޯދޭ މުދަލާއި ތަކެތީގެ އިންވެންޓްރީއާ ސްޓޮކުގެ އެންމެހައި ކަންތައްތައް ބެލުން.

- ސްކޫލުގެ އެންމެހައި އިމާރާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތުކުރުމުގެ ކަންތައްތައް ބެލެހެއްޓުން.

- ސްކޫލުގެ އެންމެހައި އިމާރާތްތަކާއި ސްކޫލުގެ ގޯތިތެރެ އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމުގެގޮތުން އެކަންކަމާ ހަވާލުވެތިބޭ މުވައްޒަފުން އެކަންކަން ކުރަމުންގެންދޭތޯ ބެލުން.

- ސްކޫލުގެ އިންވެންޓްރީއާއި ސްޓޮކާ ގުޅޭ މަސައްކަތްތައް، އެކަންކަމާ ހަވާލުވެތިބޭ މުވައްޒަފުން، އެ މަސައްކަތްތައް ކުރަމުންގެންދާގޮތް ބެލެހެއްޓުން.

- ސްކޫލުގެ ހޯލާއި ސްކޫލުގެ އެހެނިހެން ތަންތަން އެކިފަރާތްތަކަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

- ސްކޫލުގައި ބޭއްވޭ  ޚާއްޞަ ކަންތައްތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން އެހީތެރިވުން.

- އެޑްމިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި މަސައްކަތު މުވައްޒަފުންގެ އެޕްރައިޒަލް ފޯމު، އަހަރު ފެށުމުން ޓާގެޓް ކަނޑައަޅައި، އަހަރު ނިމުމުން މުވައްޒަފުންނަށް ފީޑްބެކްދީ، މާކްސްދީ، ފޯމު ފުރިހަމަކޮށް އެޗް.އާރު ސެކްޝަނާ ހަވާލުކުރުން.

- ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އިތުރުން ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގައި އެހީވުން:

- އެކި މަޤާމުތަކަށް އެންމެ އެކަށީގެންވާ މުވައްޒަފުން ހޮވުމާއި ވަޒީފާއިން ވަކިކުރުމުގައި އިސްވެ އުޅުން.

- މުވައްޒަފުންގެ ހާޒިރީ ގަވާއިދުން ބަލަހައްޓައި، މުވައްޒަފުންގެ ހާޒިރީ ރިޕޯޓު މަހަކު އެއްފަހަރު ބަލައި، ރިޕޯޓު ހެދުމުގައި އެހީތެރިވެދިނުން.

- މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ މުއްދަތުތަކަށް ކޮންމެ މުވައްޒަފެއްގެ ފެންވަރުބަލާ ފޯމްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

- މުވައްޒަފުނާބެހޭ ހުރިހާ މަޢުލޫމާތެއް ބަލަހައްޓައި، މުވައްޒަފުންގެ ޗުއްޓީގެ ހުރިހާ ކަންކަމާއި، މުސާރައާބެހޭ ކަންކަމާއި، މުވައްޒަފުން އެއް އޮފީހުން އަނެއްފީހަށް ބަދަލުކުރުމުގެ ކަންތައްތަކާއި، މުވައްޒަފުންގެ ޕެންޝަނުގެ ކަންތަކުގައި އެހީތެރިވެދިނުން.

- މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެގޮތުން މުވައްޒަފުންގެ މަސައްކަތްތަކަށް ތަޢުރީފުކޮށް، މުވައްޒަފުންގެ އަގު ވަޒަންކުރުން.

ސްކޫލް ހިންގުމުގައި އިސްވެ އުޅުން:

- ސްކޫލުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭން ތައްޔާރުކުރުމުގައި އިސްވެއުޅުން.

- ސްކޫލުގެ ކަންތައްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަޝްވަރާއެއްކޮށް، އެކަންކަން ތަންފީޒުކުރުމުގައި އިސްވެއުޅުން.

- ސްކޫލުގެ އެކިކަންކަން ރާވައި ހިންގުން ފުރިހަމަކުރުމަށް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.

މުޢާމަލާތްކުރުން:

- މުވައްޒަފުންގެ މަސައްކަތްތަކާއި އަޚްލާޤީ ކަންކަމުގެ މަޢުލޫމާތު މުވައްޒަފުންނާއި ހިއްސާކޮށް، އެކަންކަން ޙައްލުކުރުން.

- މުދައްރިސުންގެ ސުލޫކީ މިންގަނޑުގެދަށުން އެހެން މުވައްޒަފުންނާ އޮންނަ ގުޅުން ހަރުދަނާކޮށް، ސްކޫލް ކުރިއެރުވުމަށް މަސައްކަތްކުރުން.

- ސްކޫލުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މެނޭޖްމަންޓަށާއި ސްކޫލުގެ މުވައްޒަފުންނަށް އެއްބާރުލުން ދިނުން.

އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން:

- އިތުރު ހަރަކާތްތަކާއި ސްކޫލުން ރާވާ އިންތިޒާމުކުރާ ޖަލްސާތަކާއި ބައްދަލުވުންތަކަށް (މީޓިންގ، ކޯރޑިނޭޝަން، ޝެއަރިންގ، ޕާރފޯމެންސް އިވެލުއޭޝަން، ޑިސްކަޝަން، ސްޓާފް މީޓިންގ) ގަޑިނުޖެހި ހާޒިރުވެ ބައިވެރިވުން.

-  ސްކޫލުން ރާވައި އިންތިޒާމުކުރާ ވޯކްޝޮޕް ސެޝަންތަކުގައި ފުރިހަމައަށް ބައިވެރިވުން.

-  ކިޔަވައިދިނުމާއި ގުޅުންހުރި ކަންކަމުގައި ސްކޫލުން ދެވޭ ފުރުޞަތުތަކުގައި ބައިވެރިވެ އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަ ނުވާނަމަ، ޑިސްކޮލިފައިވާނެއެވެ.)

2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.

3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.

4. ލިބިފައިވާ ހުނަރު: އިންޓަވިޔު / ޕްރެކްޓިކަލްސް

އިންޓަވިއު ކުރުން:

އިންޓަވިއު އޮންނަ ތަނާއި ގަޑި، އިޢުލާނުގެ މުއްދަތުހަމަވާތާ 3 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މަތީގައިވާ ލިއުންތަކާއެކު މި ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތަކާއި، ޝަރުޠު ހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ބިލެއްދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

އިތުރު މަޢުލޫމާތު:

މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ވ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 6700026 ނަންބަރު ފޯނަށެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

24 ރަމަޟާން 1437

29 ޖޫން 2016
ހޯދާ