ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާސްޓަރ އޮފް ކޮމްޕިއުޓިންގ އެންޑް އިންފޮރމޭޝަން ސައިންސަސް

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި އޮގަސްޓު 2016 ގައި ފެށުމަށް ހަމަޖެހިފައިވާ، ފެކަލްޓީ އޮފް ސައެންސްއާއި ނިއުޒީލެންޑްގެ އޯކްލެންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ (އޭ.ޔޫ.ޓީ.) އާ ގުޅިގެން މާސްޓަރ އޮފް ކޮމްޕިއުޓަރ އެންޑް އިންފޮރމޭޝަން ސައިންސަސް (MCIS) ކޯހުގެ މަޢުލޫމާތެވެ. މި ކޯހަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 14:00 އެވެ. އޭ.ޔޫ.ޓީ ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް ސައިންސް

މާސްޓަރ އޮފް ކޮމްޕިއުޓިންގ އެންޑް އިންފޮރމޭޝަން ސައިންސަސް

ތަޢާރަފު

މި ޕްރޮގްރާމަކީ އޭ.ޔޫ.ޓީ.ގެ ސިލަބަހަށް ކިޔަވައިދޭ އޭ.ޔޫ.ޓީ.ގެ ސެޓުފިކެޓު ލިބޭ ކޯހެކެވެ. ކޯހުގައި ކިޔަވައިދެއްވާނީ އޭ.ޔޫ.ޓީ.ގެ ލެކެޗަރާއިންނާއި އޭ.ޔޫ.ޓީ.އިން އެޕްރޫވްކުރާ ރާއްޖޭގެ ބޭފުޅުންނެވެ.

ކޯހުގެ ޖާގަ: 25

ކޯހުގެ މުއްދަތު :1.5 އަހަރު

ކޯހުގެ ފީ : -/7950 (މަހަކު)

ފުރަތަމަ އަހަރުގައި ކޯސްވާކް އަދި ހަމަސްދުވަހުގެ ރިސާޗް މަސައްކަތް ހިމެނިފައިވާ މި ކޯހުގެ ފުރަތަމަ އަހަރުގެ ކިޔެވުން ފުރިހަމަ ކުރުމަށްފަހު ކޯހުން ވަކިވާނަމަ ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ އިން އިންފޮމޭޝަން ސައިންސަސް (PGDipCIS) އާއެކު ވަކިވެވިދާނެއެވެ.

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: މާލެ، ބްލޮކް މޯޑް

ކޯހަށް ވަނުމުގެ ޝަރުޠު

ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ އިން ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސައިންސަސް (PGDipCIS)

ކޮމްޕިއުޓަރ ނުވަތަ އިންފޮމޭޝަން ސައިންސަސް ނުވަތަ މިއާގުޅޭ ދާއިރާއަކުން ބެޗެލްރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ މިއާ އެއްވަރުގެ ޕްރޮފެޝަނަލް ފާހެއް އޮތުން ނުވަތަ ޔުނިވަސިޓީއިން ކަނޑައަޅާ، ބެޗްލަރސް ޑިގްރީއަކާ އެއްވަރުގެ ޕްރޮފެޝަނަލް އެކްސްޕީރިއަންސް ލިބިފައިވުން.

ނޯޓު: ޕޯސްޓްގްރެޖްއޭޓް ޑިޕްލޮމާ އިން އިންފޮމޭޝަން ސައިންސަސަށް ހޮވޭ ދަރިވަރަކު މާސްޓަރ އޮފް ކޮމްޕިއުޓަރ އެންޑް އިންފޮރމޭޝަން ސައިންސަސްގެ ރިސަރޗް ތީސީސްއަށް އެންރޯލް ކުރެވޭނީ ކޯހުގެ ފުރަތަމަ އަހަރުގެ ނަތީޖާތަކުން އެވްރެޖް ދަށްވެގެން ބީ ފާހެއް ލިބިގެންނެވެ.

މާސްޓަރ އޮފް ކޮމްޕިއުޓަރ އެންޑް އިންފޮރމޭޝަން ސައިންސަސް (MCIS)

އިންފޮރމޭޝަން ސިސްޓެމްސް، އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް އިން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗެލްރސް ޑިގްރީ ނުވަތަ އޮނަރސް ޑިގްރީއެއް ނުވަތަ ގްރެޖްއޭޓް ޑިޕްލޮމާއަކުން ދަށްވެގެން ބީ ފާހެއް (އެވްރެޖް) އެއް އޮތުން.

އިގިރޭސި ބަހުގެ ފެންވަރު

އިނގިރޭސި ބަހުން ބެޗްލަރސް ޑިގްރީ ފުރިހަމަ ކޮށްފައިވުން ނުވަތަ IELTS އިން ދަށްވެގެން 6.5 (ކޮންމެ ބޭންޑަކުންވެސް ދަށްވެގެން 6.0) ލިބިފައިވުން.

30 ޖޫން 2016
ހޯދާ