ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ނ.އަތޮޅު ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރުމާއި އޮފީހުން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮފީހުގެ ނ.އަތޮޅު ގޮފި ހިނގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅައި ސާފުކުރުމާއި އޮފީހުން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން،  2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މި އޮފީހުގެ ނ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު، މި އޮފީހުގެ ނ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު: 3003291 ފޯނާއި، ނުވަތަ ނ. އަތޮޅު ގޮފީގެ ނަންބަރު: 6560024 ފޯނާ ގުޅުއްވުން އެދެމެވެ.

25 ރަމަޟާން 1437
 

30 ޖޫން 2016
ހޯދާ