މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ބުކްލެޓް ޗާޕުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ބުކްލެޓް ޗާޕުކުރުމަށް ބޭނުންވެއްޖެ

ޔުނިސެފާއި އެޑިޔުކޭޝަން ގުޅިގެން ސްކޫލްތަކުގައި ހިންގާ ސްކޫލް ވޮޝް ޕްރޮގްރާމުގައި ބޭނުންކުރުމަށް ބުކްލެޓް ޗާޕުކުރުމަށް ބޭނުންވެއްޖެއެވެ.

5000 ބުކްލެޓް (ގުރޮވިންގ އަޕް ގާރލްސް)

5000 ބުކްލެޓް (ގުރޮވިންގ އަޕް ބޯއިސް)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 ޖުލައި 04 ވަނަ ދުވަހުގެ 14:00 އަށް

2016 ޖުލައި 12 ވަނަ ދުވަހުގެ 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

30 ޖޫން 2016
ހޯދާ