އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޕާޓްމަންޓް ކުއްޔަށް ހިފުމަށް

އިޢުލާން

މި ހޮސްޕިޓަލަށް ގެނެވޭ ބިދޭސީ ޑޮކްޓަރުންނާއި، ޕެރެމެޑިކްސް ސްޓާފުން ބޭތިއްބުމަށްޓަކައިި 02 ކޮޓަރީގެ ފުލީ ފާރނިޝްޑް އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިފަދަ އެޕާޓްމަންޓް ކުއްޔަށް ދޫކުރެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތު ބަޔާންކޮށް، މި ހޮސްޕިޓަލުގެ ސަޕްލައިސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކުއްޔަށް ދޭނެ ފަރާތެއް ހޮވުމުގައި މާކްސް ދެވޭނެ މިންގަނޑު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

މި އިޢުލާނުގެ ދަށުން އެޕާޓްމަންޓް ކުއްޔަށް ދޫކުރުމަށް ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަނެވޭނީ 20 ޖުލައި 2016 ވަނަ ދުވަހުގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3341656 އަށް ގުޅުއްވުން އެދެމެވެ.

1

މަހު ކުލި

80%

2

ތަނުގެ ބޮޑުމިން (އަކަފޫޓުން)، ތަނުގެ ފެންވަރު އަދި ފުރިހަމަކަން

% 10

3

ކުއްޔަށް ދެވޭނެ މުއްދަތު

5%

4

އިމާރާތް ނުވަތަ ފްލެޓާއި އައި.ޖީ.އެމް.އެޗް އާ ހުރި ދުރުމިން

5%

25 ރަމަޟާން 1437

30 ޖޫން 2016
ހޯދާ