މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީ ހުޅުމާލެ ސައިޓްގެ ބައުންޑަރީ ވޯލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުނީގެ ފަރާތުންދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ހުޅުމާލެ ސައިޓްގެ ބައުންޑަރީ ވޯލް ރާނައި، ގޭޓު އަދި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/300 ރުފިޔާއެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 30 ޖޫން 2016 އިން 05 ޖުލައި 2016 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 10 ޖުލައި 2016 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާ އިންނެވެ.

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖުލައި 2016 ވާ ދުވަހު 13:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 18 ޖުލައި 2016 ވާ ދުވަހު 14:00 އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯޑްކުރެވޭތާ 14 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

30 ޖޫން 2016

30 ޖޫން 2016
ހޯދާ