އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

2017 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގައި ޙަރަކާތްތެރިވާނެ ޓްރެއިނަރުން ހޯދުން

2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުންނަށް ތަމްރީނު ހިންގުމަށް ޓްރެއިނަރުންގެ ގޮތުގައި ތަމްރީނުކުރާނެ 05 މީހުން ބޭނުންވެއްޖެއެވެ. މި ކަމަށް ހޮވާލެވޭ ފަރާތްތަކަށް، 2016 އޮގަސްޓު 30 އިން 2016 ސެޕްޓެންބަރު 5 އަށް މާލޭގައި ޓްރެއިނިންގ ސެޝަންތައް ހިންގޭނެއެވެ. އަދި އިންތިޚާބު ބޭއްވުމުގެ 1 ހަފުތާގެ ކުރިން މި ޓްރެއިނަރުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ހިންގޭނެއެވެ.

މި ޓްރެއިނިންގ ފުރިހަމަކުރައްވާ ފަރާތްތައް މި ކޮމިޝަނާއެކު އިޤްރާރު ކުރެވި، މާލޭގައި ޓްރެއިނިންގ ހިންގާ ކޮންމެ ދުވަހަކަށް -/700 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ސިޓީއަކާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީއާއި، ސީވީ އަދި ކޮލިފިކޭޝަނާއި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް، 2016 ޖުލައި 12 ގެ 14:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއަށް) ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ޓްރެއިނަރުން ހޮވުމުގައި ވޭތުވެދިޔަ އިންތިޚާބުތަކުގެ ތަޖުރިބާއާއި ތަޢުލީމީ ފަންނުގެ މީހުންނަށް އިސްކަންދެވޭނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކަކީ:

- އިންތިޚާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރުން. މަސައްކަތާ ގުޅޭ ދާއިރާއިން ސެޓުފިކެޓު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

- ކިޔަވައިދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން.

- ވޭތުވެދިޔަ އިންތިޚާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

23  ރަމަޟާން 1437

28 ޖޫން 2016
ހޯދާ