އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވެލޮޕަރގެ މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :ސްފޮޓްވެއަރ ޑިވެލޮޕަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތްތައް ފެށުމުގެގޮތުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ސޮފްޓްވެއަރ ޕްރޮޖެކްޓުގައި އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި މަސައްކަތްކުރުމަށްޓަކައި މީހަކު ހޯދުމަށް 29 މޭ 2016 ގައި މި ހޮސްޕިޓަލުން ކޮށްފައިވާ 137-HR/IU/2016/91  ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެދި ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެމަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/15000 ރުފިޔާއާއި -/8000 ރުފިޔާއާ ދެމެދު

(މި މަޤާމުގެ މުސާރަ ކަނޑައަޅަނީ ކުރިމަތިލައްވާ ފަރާތުގެ ތައުލީމާ ތަޖުރިބާއަށް ބެލުމަށްފަހުގައެވެ.)

ތަޢުލީމާއި ތަޖުރިބާ:

 

  • ބިޒިނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 5 (ޑިޕްލޮމާ) އެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 
  • ބިޒިނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 7 (ޑިގްރީ) އެއް ހާސިލުކޮށްފައިވުމާއެކު، 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީއީ އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުމާއެކު 1 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކޮންޓްރެކްޓުގެ މުއްދަތު:

މީލާދީ 1 (އެކެއް) އަހަރުދުވަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕްރޮޖެކްޓުގައި މަސައްކަތްކުރާ ޓީމަށް އެކަށީގެންވާ އިރުޝާދު ދިނުން.
  • ޕްރޮޖެކްޓް ޕްލޭންތައް ރާވައި ހިންގުމާއި، މަސައްކަތް ރޭވިފައިވާގޮތަށް ކުރިއަށްދޭތޯ ބެލުން.
  • މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތްތައް ބެލެހެއްޓުން.
  • ޕްރޮޖެކްޓާބެހޭ ލިޔެކިޔުންތަައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

ޕްރޮޖެކްޓްތައް ރާވައި ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވާ މިންވަރު.

ސުޕަވައިޒްކުރުމުގެ ހުނަރު.

ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ހުނަރު.

މުޢާމަލާތްކުރުމުގެ ހުނަރު.

ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތަށް ޤާބިލުކަންހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައްް:

  1. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓުގެ ކޮޕީ)
  4. ވަޒީފާގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.
  6. ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓާއި ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް  ކުރިމަތިލާ   ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯން ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 13:00 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ތަކެތި ހުށަހަޅާނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައިވާ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ. އަދި 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ 3335234 އެވެ. ނުވަތަ 3335343 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަރވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

24 ރަމަޟާން 1437

29 ޖޫން 2016
ހޯދާ