މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އިންޖިނިއަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އިންޖިނއަރ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3،500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2,462/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ އޮފީސް، ސެކްޝަން، ރަށް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް ޑިޒައިންގ އެންޑް ސުޕަވިޝަން ޔުނިޓް/ މާލެ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހަސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

5. ސިވިލް، އެންވަޔަރަންމަންޓަލް، އިލެކްޓްރިކަލް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ރަށްރަށުގައި ޤާއިމުކުރެވޭ ފެން ފޯރުކޮށްދޭ ނިޒާމާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށްޓަކައި ބޭނުންވާ ސާރވޭކުރުމަށްފަހު ކޮންޓްރެކްޓަރުން ހުށަހަޅާ ރިޕޯޓް ދިރާސާކޮށް، އެފަރާތްތަކަށް ބޭނުންވާ ފަންނީ ލަފާ ދުވަހުން ދުވަހަށް ދިނުމާއި، އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ ސެކްޝަނާ ހަވާލުވެ މަސައްކަތްކުރުން.

2. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ މާލީ އެހީއާއި ފަންނީ އެހީ ހޯދުމަށްޓަކައި ޕްރޮޕޯސަލާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.

3. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށްގެންދަވާ ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުން ހުށަހަޅާ ރިޕޯޓާއި އެހެނިހެން ލިޔެކިޔުންތަކަށް ބޭނުންވާ ފަންނީ ލަފާ ދުވަހުން ދުވަހަށް ދިނުމާއި، އެފަރާތްތަކުން ހުށަހަޅާ ރިޕޯޓްތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ،  ސެކްޝަނުގެ އިސްވެރިޔާއަށް އެކަން އަންގައި ގެންނަންޖެހޭ ބަދަލުގެނައުން. 

4. ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ޓެންޑަރިންގ ޕްރޮސެސްގައި އެކި ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި ބިޑިންގ ޑޮކިއުމަންޓްސް ބަލައި ރިވިއު ކުރުމާއި، މިކަމާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތަކާއި ރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

5. ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކޮންޓްރެކްޓަރުންނާއި ހަވާލުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ އެގްރީމެންޓާއި އެއާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކޮށް ސޮއިކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.

6. ރަށްރަށުގައި ނަރުދަމާ ނިޒާމްތައް ޤާއިމްކޮށް ތަރައްޤީކުރުމުގައި ޓެކްނޮލަޖީގެގޮތުން ކުރިއެރުވުމުގެ އުސޫލުތަކަށް ތަރުޙީބުދީ އެކަމާ ގުޅޭ ހޯދުންތައް ހޯދައި، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެމަތިން ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގައި އޭގެ ބޭނުންހިފޭނެ ފަދަ އުސޫލުތަކަކާއި ގަވާއިދުތައްކެއް އެކުލަވައިލުން.

7. ރަށްރަށުގައި ޤާއިމުކުރުވޭ ފެނާއި ނަރުދަމާ ނިޒާމްތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ޕްރޮޕޯސަލާއި ޑިޒައިންގ ރިޕޯޓްތައް އިވެލުވޭޓްކޮށް ބޭނުންވާ ފަންނީ ލަފާ ދިނުމާއި، ތައްޔާރުކުރެވޭ ރިޕޯޓްތައް ގަވާއިދުން ކަމާބެހޭ ފަރާތްތައް ފޮނުވުން.

8. ރަށްރަށުގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމުތަކާއި ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭ ރަށްތަކަށް ކަނޑައެޅޭ ތާވަލަކާ އެއްގޮތްވާގޮތުގެމަތިން ސުޕަވިޜަނާއި މޮނިޓަރިންގ ދަތުރުތައް ކުރުމާއި، ކުރެވޭ ދަތުރުތަކާ ގުޅިގެން ސިސްޓަމްތަކުގެ ހާލަތު އަންގައިދޭ ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.

9. ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

10. ޕްރޮޖެކްޓާ ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިންބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ދަތުރު ރިޕޯޓް ތައްޔާރުކޮށް، ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

11. ޔުނިޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓާއި، އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި، ސެކްޝަނުގެ މުވައްޒަފުންނާ ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުމާއި، ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ލަފާގެމަތިން މައްސަލަ ޙައްލުކުރުން.

12. އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާ ކަނޑައެޅިފައިވާ ދުވަހަށް ހަވާލުކުރުމާއި، ބަޖެޓާއި އަހަރީރިޕޯޓް ފައިނަލްކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު، މަސައްކަތްކުރާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.

13. ދުވަހުން ދުވަހަށް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސުޕަވައިޒްކުރެއްވުމާއި، ސުޕަވައިޒްކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެލުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕާއި ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި، މުވައްޒަފުންނަށް، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގައި މަގުފަހިކޮށްދިނުމާއި، ދިމާވާ ފަންނީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުމާއި، ރަނގަޅުކުރަންޖެހޭ ކަންކަން މުވައްޒަފުންނަށް އަންގައި، މިކަމާ ގުޅޭ މަޢުލޫމާތު ޑިޕާޓްމަންޓުގެ އިސްވެރިޔާއަށް ދުވަހުން ދުވަހަށް ދިނުން.

14. ކަނޑައެޅިފައިވާ ގޮތުގެމަތިން ޔުނިޓުގެ ސްޓާފްމީޓިންގ ބާއްވައި، ކޮންމެ އަހަރަކަށް ސެކްޓަރއިން ތައްޔާރުކުރެވޭ ވާރކްޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާނުހިނގާގޮތް ގަވާއިދުން މޮނިޓަރކޮށް، ޑިޕާޓްމަންޓުގެ އިސްވެރިޔާއަށް މަހަކު އެއްފަހަރު ރިޕޯޓް ހުށަހެޅުމާއި، އިޞްލާޙުކުރަންޖެހޭ ކަމެއް އޮތްނަމަ، އިސްވެރިޔާގެ ލަފާގެމަތިން އިޞްލާޙީ ފިޔަވަޅު އެޅުން.

15. މީގެ އިތުރުން ޑިޕާޓްމަންޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމައި، ޒިންމާދާރުގޮތެއްގައި އެކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

 

1. އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކޮށްފައިހުރި މިންވަރު.

2. ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ޢިލްމު ލިބިފައިވާ މިންވަރު.

3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި، މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ. 

9. މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:  

2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާންކުރުން، 13 ޖުލައި 2016 އާއި 24 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މި މިނިސްޓްރީގެ 3018329 ނަންބަރު ފޯނަށް ނުވަތަ 3018330 ނަންބަރު ފޯނަށް ނުވަތަ 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

21 ރަމަޟާން 1437

 

30 ޖޫން 2016
ހޯދާ