އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމު:

މަސައްކަތު

އޮފީސް:

އިންނަމާދޫ ސްކޫލް

ބޭނުންވާ އަދަދު:

03

މުސާރަ:

މަހަކު -/3100 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

މަޤާމުގެ ނަން:

މަސައްކަތު

މަޤާމުގެ ރޭންކް އަދި ކްލެސިފިކޭޝަން:

އެސް.އެސް. 1/ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

  1. ސްކޫލް އިމާރާތާއި ގޯތިތެރެއާއި، މަގާއި ގޯޅި ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، އަދި މުށި ޖަހާފައިވާ އިމާރާތްތަކާއި ކްލާސްރޫމްތަކުގެ އެތެރޭގައި މޮޕްލައި ސާފުކޮށް ބެލެހެއްޓުން.
  2. ކޮންމެ ރަސްމީ ދުވަހެއްގެ ރަސްމީގަޑީގައި ސްކޫލަށް ހާޒިރުވެ ކްލާސްރޫމްތައް ކުނިކަހައި، މޭޒުތަކާއި ގޮނޑިތައް ފޮޅައި ސާފުކުރުން. އަދި ސްކޫލުގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ފަންކާތަކާއި، މެޝިނަރީޒްތަކާއި މުވައްޒަފުންގެ މޭޒުތަކާއި ގޮނޑިތަކުން ހިރަފުސް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
  3. ސްކޫލުގެ ބޯފެން އަޅާ ޓޭންކުތަކާއި، ފެންނަގާ ފުރާޅުތައް ދޮވެ ސާފުތާހިރުކުރުމާއި ރައްކާތެރިކާމާއެކު ބޯފެން ނެގޭނެ އިންތިޒާމުތައް ކޮށް ފެން ނަގައި ބެލެހެއްޓުން.
  4. ސްކޫލުގެ ފާޚާނާތައް ދޮވެ ސާފުކުރުން.
  5. ސްކޫލުން ބާއްވާ ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުމާއި، އެކަންތައްތައް ނިމުމުން ކްލާސްރޫމްތައް އެތުރުން.
  6. ސްކޫލުން އަންގާ ގޮތެއްގެ މަތިން ބަގީޗާ ގަސްތައް ކޮށައި ގަސްތަކަށް ފެން ދީ ބެލެހެއްޓުން.
  7. ސްކޫލަށް އެކި ބޭނުންތަކަށް ގެންނަންޖެހޭ ތަކެއްޗާއި ގެންދަންޖެހޭ ތަކެތި ގެންދިއުމާއި ގެނައުމާއި ސްކޫލުން އަންގާ ގޮތެއްގެ މަތިން އެތަކެތި ގުދަންކުރުން.
  8. ސްކޫލުގެ އިމާރާތްތަކުގެ ދޮރުފަތްތައް ހުޅުވުމާއި، ލައްޕައި ތަޅުލުމާއި، އަދި ވޮޗަރު ނެތް ހާލަތެއްގައި ސްކޫލުގެ ބޭރު ދިއްލުންތައް ދިއްލައި ނިއްވަންޖެހޭ ގަޑިތަކުގައި ނިއްވުން.
  9. ހިރަފުސްބޯ ދުވަސްތަކުގައި ސްކޫލުގެ ދަރިވަރުންނަށާއި ސްކޫލުގެ މުވައްޒަފުންނަށް އުދަނގޫނުވާގޮތަށް ސްކޫލުގެ ގޯތިތެރެއަށް ފެންޖެހުން.
  10. ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، މަސައްކަތު އެހެން މުވައްޒަފަކު ނެތުމުގެ ސަބަބުން ބަދަލު އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައްކުރުން.

މަޤާމުގެ ޝަރުޠު:

  1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތާއި ތަން:

މަޤާމަށް އިންޓަރވިއުކުރުން އޮންނާނެ ތާރީޚު މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ރަސްމީ 3 ދުވަސް ކުރިން ސްކޫލުން އަންގާނެއެވެ. މި މަޤާމަށް އިންޓަރވިއު ކުރުން އޮންނާނީ އިންނަމާދޫ ސްކޫލުގައެވެ.

އުޖޫރައާއި ޢިނާޔަތްތައް:

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ ގަވާއިދުން އިތުރުގަޑީގެ ފައިސާ.

- ސިވިލް ސަރވިސް މުވައްޒަފުންނަށް ދިނުމަށް ސިވިލް ސަރވިސްއިން ކަނޑައަޅުއްވާފައިވާ އެލަވަންސާއި އިނާޔާތްތައް.

- ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާގޮތުގެ މަތީން ވަޒީފާއާއި މުސާރައިގެ ކުރިއެރުން.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން، ލިބިދެވޭ ޕެންޝަން ފައިސާ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 12 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިންނަމާދޫ ސްކޫލު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސަރުކާރު ބަންދު ނޫން ދުވަސް ދުވަހު ރަސްމީގަޑީގައި އިންނަމާދޫ ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި އިންނަމާދޫ ސްކޫލުގެ 6580359 ނަންބަރު ފޯނާއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރެވޭނީ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް.

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  3. ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ.
  4. ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވި ފަރާތެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  7. ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. ( ސީވީ )

23 ރަމަޟާން 1437

28 ޖޫން 2016
ހޯދާ