މަޤާމު: އެސިސްޓެންޓް އޮފިސަރ ގްރޭޑް 3
|
މުސާރަ އާއި އެލަވަންސް:
|
މަހަކު -/7500 ރުފިޔާ
|
ބޭނުންވާ ޢަދަދު
|
01
|
މަސައްކަތް ކުރަންޖެހޭތަން
|
ޕަބްލިކް ސަރވިސް މީޑިއާ
|
ޑިޕާޓްމަންޓް
|
ފައިނޭންސް
|
މަޤާމުގެ ޝަރުޠު:
|
ޖީ.ސީ.އީ އޭލެވެލް އިމްތިޙާނު 2 ( ދޭއް ) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 4 ( ހަތަރު ) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 1 ( އެކެއް ) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނު 2 ( ދޭއް ) މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 ( ދޭއް ) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން .
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކުންފުންޏަށް ލިބޭ އާމްދަނީ ފައިސާ ގަވާއިދުން ބަލައިގަތުން.
- ދުވަހުން ދުވަހަށް ލިބޭ ފައިސާ ޖަމާކުރުން.
- ކޮންމެ ދުވަހަކު ލިބޭ ފައިސާގެ ދުވަހު ހިސާބު ތަފުސީލު ޝީޓު އަޕްޑޭޓް ކުރަމުން ގެންދިއުން.
- ކޮންމެ މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެ މަހެއްގައި ލިބުނު އާމްދަނީގެ ތަފުސީލު އެކައުންޓްސް ޔުނިޓަށް ދިނުން.
- ކްރެޑިޓަށް ދެވޭ ޚިދުމަތްތަކަށް ބިލު ހަދަން ޖެހިއްޖެ ހާލަތެއްގައި ބިލު ހަދައި ހަވާލުކުރުން.
- މަސައްކަތާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ނިމުމުން ލިޔެކިއުންތައް ފައިލުކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
- މީގެ އިތުރުން، މަސައްކަތާގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާ ވިސްނުންތައް ހުރި މިންވަރު ބެލެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައިވާ، މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކުރެވިފައިވާ ފަދަ ދާއިރާއެއްގެ ސެޓުފިކެޓު އަދި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވި ނުވަތަ އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް ހުށަހަޅާފައިވާނަމަ، އެމް.ކިޔު.އޭ އިން އެޓެސްޓް ކޮށްފައިވާ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ސެޓުފިކެޓު އެކްރެޑިޓް ނުކުރެވިވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- އައިޑީ ކާޑުގެ ފޮޓޯކޮޕީ
- ޕާސްޕޯޓް ސައިޒު ފޮޓޯއެއް
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
|
އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
|
ސުންގަޑި
|
މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2016 ޖުލައި 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.
|