މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހުން ހޯދުން:

މި ސްކޫލުގެ ނަންބަރު GS-207/IUL/2016/13 (13 އެޕްރީލް 2016) އިޢުލާނުގައި ވަޒީފާގެ ދާއިރާ ކަނޑައެޅިފައިނުވުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

1. މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

މުސާރަ: -/4،465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް: -/1،500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގދ. މަޑަވެލީ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ގދ. މަޑަވެލީ ސްކޫލް

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.                                         

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހުރިހާ ސްޓާފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރިޕޯޓް ހެދުން.

2. ވަޒީފާބަޔާން ތައްޔާރުކުރުން.

3. ސީނިއަރ މެނޭޖްމެންޓްގެ އޯވަރޓައިމް ކަންތައް ބެލެހެއްޓުން

4. ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހާ މަސައްކަތްކުރުން

5. ސެޕް ތައްޔާރުކުރުމާއި، އަޕްޑޭޓްކުރުން.

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމެންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ/ ހިއުމަން ރިސޯސް މެނޭޖްމެންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

2. މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (ބަޖެޓް)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

މުސާރަ: -/4،465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް: -/1،500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގދ. މަޑަވެލީ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ގދ. މަޑަވެލީ ސްކޫލް

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.                                         

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ބިލްތައް އެންޓަރކޮށް އޯޑަރފޯމު އެޓޭޗްކުރުން

2. ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން

3. ޕޭމަންޓް ވައުޗަރތައް އެސްއޭޕީއަށް އެންޓަރކުރުމާއެކު ޕޯސްޓްކުރުވުން

4. ސަރކިއުލަރތައް އަޕްލޯޑްކުރުވުން

5. ގަވަރމެންޓް އީލެޓަރ މެނޭޖުމެންޓުގެ ކަންތައްތައް ބެލެހެއްޓުން

6. އެގްރީމެންޓުތައް ތައްޔާރުކުރުމާއި ބެލެހެއްޓުން  

މަޤާމުގެ ޝަރުޠު:

1. އެކައުންޓިން/ ފައިނޭންސް/ ބިޒްނަސް/ އިންފޮމޭޝަން ޓެކްނޮލޮޖީ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
  3. ލިބިފައިވާ މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތަކާއި، ޞިއްޙީ ޤާބިލުކަން އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

އިންޓަރވިއު އަދި ޕްރެކްޓިކަލް

ހ. މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިންޓަރވިއު އޮންނާނީ، މި އިޢުލާނުގައިވާ ސުންގަޑި ހަމަވާ ތާރީޚުގެ 5 ދުވަސް ފަހުން ގދ. މަޑަވެލި ސްކޫލުގައެވެ.

ށ. މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ނ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ޕްރެކްޓިކަލެއް ހެދުން އިންޓަރވިއުއަށްފަހު ސްކޫލުގައި އޮންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑްކުރެވެންވެސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގދ. މަޑަވެލި ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 04 ވަނަ ދުވަހުގެ 14:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 7983090 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. މި ސްކޫލަށް މެއިލް ކުރަންޖެހޭ ތަކެތި މެއިލް ކުރައްވާނީ [email protected] އަށެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

21 ރަމަޟާން 1437

26 ޖޫން 2016
ހޯދާ