ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން، ސެޓުފިކެޓު 3 އިން ޕްރޮޖެކްޓް މެނޭޖްމަންޓް ކޯސް ހިންގުން

އިޢުލާން

ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން، ސެޓުފިކެޓު 3 އިން ޕްރޮޖެކްޓް މެނޭޖްމަންޓް

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ހދ. އަތޮޅު ކައުންސިލާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ތިރީގައި މި ދަންނަވާ 02 ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހާ ބެހޭ މަޢުލޫމާތު:

ކޯސްތަކުގެ ނަން

- ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން

- ސެޓުފިކެޓު 3 އިން ޕްރޮޖެކްޓް މެނޭޖްމަންޓް

މުއްދަތު

3 މަސް

ކިޔެވުން ފެށޭ ތާރީޚު

އޮގަސްޓު 2016

ކިޔެވުން އޮންނަ ދުވަސްތައް

ކަނޑައެޅޭ ހަފުތާތަކެއްގެ ބުރާސްފަތި، ހުކުރު، ހޮނިހިރު. (ބައިވެރިން ލިބޭގޮތަށް ބަލައި މިނޫން ދުވަސްތަކެއްގައި ކިޔަވައިދޭގޮތަށް ހަމަޖެއްސުމަކީ އެކަށީގެންވާކަމެއް)

ބައިވެރިވުމުގެ ޝަރުޠު

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން، ނުވަތަ

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

ޢުމުރުން 18 އަހަރުފުރި، ގުޅުންހުރި ދާއިރާއެއްގެ 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކޯސް ބާއްވާ ތަން

ހދ. ކުޅުދުއްފުށި

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ

ކައުންސިލްތަކުގެ އިދާރާއިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް/ ހދ. އަތޮޅު ކައުންސިލްގެ އިދާރާއިން، ނުވަތަ އަތޮޅު ކައުންސިލްގެ ވެބްސައިޓު (www.haadhaal.gov.mv) އިން

ހުށަހަޅަންވީ ތާރީޚު

2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ އިދާރާއަށް
(މެއިލް ނުވަތަ ފެކްސް މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެ. މެއިލް އެޑްރެހަކީ [email protected]  ފެކްސް ނަންބަރަކީ 6528875 )

ހުށަހަޅަންޖެހޭ ތަކެތި

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ

އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ސަނަދުތަކުގެ ކޮޕީ

މަސައްކަތުގެ ތަޖުރިބާ ހުރިކަން އަންގައިދޭ ލިޔުން

ކޯހުގައި ބައިވެރިވުމާމެދު އިއުތިރާޒުނުކުރާކަމަށް، ވަޒީފާ އަދާކުރާ އިދާރާއިން ދޭ ލިޔުން

ކޯހުގެ ފީ

-/1،500 (ފަނަރަސަތޭކަ) ރުފިޔާ ( އެއްފަހަރާ ނުވަތަ އެކިފަހަރު މަތިން ދެއްކިދާނެ )

ކޯހުގެ ބައިވެރިން ހޮވުން

ކޯހުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހުގައި ބައިވެރިކުރާ ފަރާތްތައް ހޮވާނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުންނެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6521100 ނަންބަރު ފޯނަށް

ވީމާ، މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

21 ރަމަޟާން 1437

26 ޖޫން 2016
ހޯދާ