ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކޮންސަލްޓަންޓް ފޮރ އިންގްލިޝް ސާރވިސަސް

މަޤާމް :އިންގްލިޝް ލޭންގްއޭޖް ކޮންސަލްޓަންޓް
ބޭނުންވާ އަދަދު :2

ޕަބްލިކް ސާރވިސް މީޑީއާ (ޕީ.އެސް.އެމް) އިންގްލިޝް ލޭންގްއޭޖް ކޮންސަލްޓަންޓަކު ހޯދުން

މި ކުންފުނީގެ ފަރާތުން އިނގިރޭސިބަހުންދޭ މީޑިޔާގެ ޚިދުމަތްތައް، އިނގިރޭސިބަހުގެ ގޮތުން އެކަށީގެންވާ ފެންވަރެއްގައި ގެނަސްދިނުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދީ ފަންނީގޮތުން އެހީތެރިވެދެއްވާނެ ކޮންސަލްޓަންޓް ފޮރ އިންގްލިޝް ސާރވިސަސް ހޯދަން ބޭނުންވެއެވެ.

ޓައިޓަލް

ކޮންސަލްޓަންޓް ފޮރ އިންގްލިޝް ސާރވިސަސް

ބޭނުންވާ އަދަދު:

02

މަސައްކުރަންޖެހޭ ތަން

ރޭޑިއޯ ބިލްޑިންގ އަދި ޓީވީ ބިލްޑިންގ

ފެންވަރު ނުވަތަ ޝަރުޠު:

އިނގިރޭސި ބަހުން ދަށްވެގެން ޑިގްރީއެއް އޮތް ނުވަތަ އިނގިރޭސިބަސް ދިރާސާކުރެއްވުމާއި ކިޔަވައިދެއްވުމާއި ބަހުގެ ހަމަތަކުގެ މަޢުލޫމާތު ފެތުރުއްވުމުގެ ރޮނގުން މަދުވެގެން 15 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވުން.  

މައިގަނޑު މަސްއޫލިއްޔަތު:

  1. ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމްތައް އުފައްދާ ފަރާތްތަކަށާއި ހުށަހަޅާ ފަރާތްތަކަށް ކަމާގުޅޭގޮތުން ބޭނުންވާ ތަމްރީނާއި ލަފައާއި އިރުޝާދު ދެއްވުން؛
  2. ޗެނަލްތަކުގެ ޚަބަރާއި ޕްރޮގްރާމުތައް އެއަރކުރުމުގެ ކުރިން ބެއްލެވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި މިންވަރަކުން ޗެކްކުރައްވައި، ބަހުގެ ހަމަތަކަށް ފެއްތެވުން؛  
  3. ޕީ.އެސް.އެމްގެ ޗެނަލްތަކުން ތައްޔާރުކުރާ އިނގިރޭސިބަހުގެ ޕްރޮގްރާމްތައް ބައްޓަންކުރުމާއި އޭގެ ކޮންޓެންޓް ޕްލޭންކުރުމާއި އަދި ޕްރޮގްރާމް ތައްޔާރުކުރުމަށާއި ހުށަހެޅުމަށް ބޭނުންވާ ފަންނީ ލަފާދެއްވުމާއި އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓަކީ އިނގިރޭސިބަހުގެ ހަމަތަކާއި އުސޫލުތަކުން އެންމެ ރަނގަޅުގޮތުގައި ފެތުރޭ ކޮންޓެންޓްކަން ކަށަވަރުކުރުން؛
  4. ޕީ.އެސް.އެމްގެ ޗެނަލްތަކުން ތައްޔާރުކުރާ ތަފާތު ޕްރޮގްރާމްތައް އިނގިރޭސިބަހުގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ތައްޔާރުކޮށް ބްރޯޑްކާސްޓްކުރުމަށް ބޭނުންވާ ލަފަ އާއި އިރުޝާދު ދިނުމާއި ފަންނީގޮތުން އެހީތެރިވެދިނުން؛
  5. ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދޭ އިނގިރޭސިބަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވުން؛
  6. އިނގިރޭސި ބަހުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ސުވާލާއި ޖަވާބު ތައްޔާރުކޮށްދެއްވުން؛

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މިކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ހޮވުމުގައި އެ ބޭފުޅެއްގެ ތަޢުލީމީ ފާހާއި ތަޖުރިބާއާއި މި ރޮނގުން އުގަންނައިދެއްވުމާއި ދިރާސާކުރެއްވުމުގައި ހޭދަކުރައްވާފައި މުއްދަތުގެ ދިގުމިނަށާއި މި ރޮނގުން ހޯއްދަވައިފައިވާ ކާމިޔާބީއަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ

މަހަކު-/7000 (ހަތްހާސް) ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

-  ކަމާގުޅޭ ތަޖުރިބާއާއި ހުނަރު ހުރިމިންވަރު ބަޔާންކޮށްދެވޭނެ ލިޔުން ހުރިނަމަ އެފަދަ ލިޔުންތަކުގެ އަސްލު ނުވަތަ އަސްލާއެއްގޮތް ކޮޕީ.

- ޕާސްޕޯޓް ސައިޒު ފޮޓޯއެއް

ނޯޓު: ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައި ނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ.އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000210 ނަންބަރު ފޯނާއެވެ.

23 ރަމަޟާން 1437

28 ޖޫން 2016
ހޯދާ