މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވ. ފުލިދޫ، ރަކީދޫ އަދި ތިނަދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ވ. ފުލިދޫ، ރަކީދޫ އަދި ތިނަދޫ ޞިއްޙީ މަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ވ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ވ. ފުލިދޫ، ރަކީދޫ އަދި ތިނަދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 14 ވާ އަންގާރަ ދުވަހު މެނދުރު 11:45އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ވ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ވ. ފުލިދޫ، ރަކީދޫ އަދި ތިނަދޫ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 ރަމަޟާން 1437

 

28 ޖޫން 2016
ހޯދާ