ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން

މަޤާމް :ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުސަތު

މަޤާމު:

ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

ޕޮލިސީ އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް (އެސެސްމަންޓް އެންޑް ޕޮލިސީ ޑިވެލޮޕްމަންޓް)

އަސާސީ މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް:

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1.      ސިވިލް ސަރވިސްގެ ޕޮލިސީ އެންޑް އޯގަނައިޒޭޝް ޑިވެލޮޕްމަންޓާބެހޭ ގޮތުން ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާ ގުޅިގެން، ކޮމިޝަނުގެ ލަފާގެ މަތިން، ކުރަންޖެހޭ ދިރާސާކުރުމާއި، ތައްޔާރުކުރަންޖެހޭ ކަރުދާސް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހަޅައި ފާސްކުރުން. 

2.   ޤާނޫނާއި ގަވާއިދަށް އަންނަ ބަދަލުތަކާ ގުޅިގެން، ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން.

3.      މެރިޓް އުސޫލުން ސިވިލް ސަރވިސްއަށް މުވައްޒަފުން ހޮވުމަށްޓަކައި، ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން ނިޒާމަށް ގެންނަންޖެހޭ ބަދަލު ދިރާސާކުރުމާއި ކޮމިޝަނުން ނިންމާގޮތެއްގެމަތިން  ނިޒާމަށް ގެންނަންޖެހޭ ބަދަލު ގެނައުން.

4.      ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ޢައްޔަން ކުރުމުގައި ކޮމްޕިޓެންސީ އެސެސް ކުރެވޭނެ ގޮތްތައް ހޯދައި އެކުލަވައިލަން ޖެހޭ އުސޫލުތައް އެކުލަވައިލުން.

5.      ސިވިލް ސަރވިސްގެ މަގާމުތަކުގެ ރެކްރޫޓްމަންޓް ޓޫލްކިޓްތައް އެކުލަވައިލުމާއި އެއާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުން.

6.  ސިވިލް ސަރވިސްގައި މީހުން ޢައްޔަންކުރުމަށް ބޭނުންކުރެވޭނެ އިމްތިޙާނުތައް އެކުލަވައިލައި، ތަރައްޤީކޮށް ބެލެހެއްޓުން.

7.  ވަޒީފާގެ (މަގާމާއި މުސާރައިގެ) އޮނިގަނޑުތައް އެކުލަވައިލުމަށް ބޭނުންވާ ގައިޑްލައިންތައް  އެކުލަވައިލުމާއި ގެންނަންޖެހޭ ބަދަލު ގެނައުން.

8.      ސިވިލް ސަރވިސްގައި މުވައްޒަފުން ދެމެހެއްޓުމަށް (ރީޓެއިންކުރުމަށް) ބޭނުންވާ ސްޓްރެޓެޖީތައް ޤާއިމުކޮށް މިކަމާގުޅޭ އުސޫލުތައް އެކުލަވައިލުމާއި ގެންނަންޖެހޭ ބަދަލު ގެނައުން.

9.  މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާކުރުމާއި، މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފާ އިސްވެރިންނަށް ހިއްސާ ކުރުން.

10.  ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 ހުށަހަޅަންޖެހޭ ލިޔުންތައް:

1.  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކޮށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).

2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3.  ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 

4.  ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5.  ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

7.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

·     ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)

·     މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)

·     އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)

އިންޓަވިއުއާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 ޖުލައި 17 އާއި 2016 ޖުލައި 21 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

21 ރަމަޟާން 1437

 

 

 
26 ޖޫން 2016
ހޯދާ