1. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓް ކުރުމާއި، އެކަމާގުޅޭ ރިޕޯޓްތައް އެކުލަވައިލައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
2. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓް ކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތަކާއި އެސް.އޯ.ޕީތައް އެކުލަވައިލުމާއި، ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓް ކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތަކާއި އެސް.އޯ.ޕީތައް އިތުރަށް ތަރައްޤީކޮށް ގެންނަންޖެހޭ ބަދަލު ގެނައުން.
3. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓަށް ހުށަހެޅޭ މައްސަލަތައް ބަލައި ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތިން ކުރިޔަށް ގެންދިޔުން.
4. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓްތަކުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމާއި އިދާރީގޮތުން އެކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
5. ޕޯސްޓް އެމްޕްލޯއިމެންޓުގެ މަސައްކަތްތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާގުޅޭ ތަފުސީލީ ދިރާސާ ރިޕޯޓުތައް އެކުލަވައިލުން.
6. ސިވިލް ސަރވިސްގެ އިދާރާތަކުގެ ޕޯސްޓް އެމްޕްލޯއިމަންޓްގައި ފާހަގަކުރެވޭ އާންމު ކަންތައްތަކާ އެކަންތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް/އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ ސަމާލުކަމަށް އެކަންތައްތައް ގެނައުން.
7. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓާ ގުޅުންހުރި ކަންތައްތަކުގައި ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
8. ކޮންޕްލަޔަންސް އޮޑިޓާއި ހިއުމަން ރިސޯސް އޮޑިޓާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
9. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|