މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހިނގާފައިއުޅޭ މަގެއް ގޮތުގައި ކަނޑައަޅާފައިވާ ޝަހީދުޢަލީހިނގުން ލޭންޑްސްކޭޕް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަހީދުޢަލީހިނގުމުގެ ލޭންޑްސްކޭޕިންގގެ މަސައްކަތް މި މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މަޢުލޫމާތުދިނުން

2016 ޖޫން 29 ވާ ބުދަ ދުވަހުގެ 10:30 ން 13:30 އަށް

ޕްރީބިޑް މީޓިންގ

2016 ޖުލައި 3 ވާ އާދީއްތަ ދުވަހުގެ 11:00 އަށް

ބިޑް ހުޅުވުން

2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

ފޯނު: 3004300 / 3004120

ފެކްސް: 3004301

26 ޖޫން 2016
ހޯދާ