މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައި މިވާ މަގާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

އޮފިސަރ (ޓްރޭނީ)، ޕޭމަންޓް ޕްރޮސެސިންގ

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން:

ޓެކްސްޕޭޔަރ ސަރވިސް ޑިޕާޓްމަންޓް / ޕޭމަންޓް ޕްރޮސެސިންގ ސެކްޝަން

އަސާސީ މުސާރަ:

-/4,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/75 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/45 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ކައުންޓަރުން ފައިސާއާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ކަމާގުޅޭ އެންމެހައި މަސައްކަތްތައްކުރުން.

ޝަރުޠު:

އޭލެވެލް (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙަނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) 

   * އެޑްވާންސް ސަބްސިޑިއަރީ ހުށަހަޅާ ފަރާތްތައް ވަޒީފާއަށް ދާއިމީ ކުރެވޭނީ އޭލެވެލް ނަތީޖާ ހުށަހެޅުމުން އެ ނަތީޖާއަށް ބަލާފައެވެ.

މަޤާމު:

އޮފިސަރ(ޓްރޭނީ)، އޮޑިޓް

އަސާސީ މުސާރަ:

-/4,000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/75 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ހާޒިރުވާ ދުވަހަކަށް -/45 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން

ޝަރުޠު:

އޭލެވެލް (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިޙާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) 

   * އެޑްވާންސް ސަބްސިޑިއަރީ ހުށަހަޅާ ފަރާތްތައް ވަޒީފާއަށް ދާއިމީ ކުރެވޭނީ އޭލެވެލް ނަތީޖާ ހުށަހެޅުމުން އެ ނަތީޖާއަށް ބަލާފައެވެ.

އެހެނިހެން ޝަރުޠުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.

  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.

  3. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.

  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.

  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

  6. ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.

މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ނިންމިކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓުފިކެޓު) ކޮޕީ

  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

  4. ކަރިކިއުލަމް ވިޓާ (ސީވީ)

  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

އެހެނިހެން ޢިނާޔަތްތައް

- މި އޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ކޮންމެ އަހަރަކުވެސް ހޮވާލެވޭ މުވައްޒަފުންތަކަކަށް މީރާގެ ސްޕޮންސަރޝިޕްގެ ދަށުން އޭ.ސީ.ސީ.އޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

- އޭ.ސީ.ސީ.އޭ މެމްބަރ ނުވަތަ އެފިލިއޭޓް ލެވެލް ހާސިލްކޮށްފައިވާ މުވައްޒަފުންނަށް އަހަރަކު އެއްފަހަރު:

- އެނުއަލް ސަބްސްކްރިޕްޝަން ފައިސާ ދައްކައިދިނުން

- ކޮންޓިނިއުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ސީ.ޕީ.ޑީ) ޓްރޭނިންގ ގައި ބައިވެރިކޮށްދިނުން.

ނޯޓު:

- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލައި އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 01 ޖުލައި 2016 ގެ 15:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

23 ރަމަޟާން 1437 

28 ޖޫން 2016
ހޯދާ