ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގައި ޓަރފް އެޅުމާއި، ލައިޓް ޖެހުމާއި އަދި ދަނޑުގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަޑިފުށީ ފުޓްސަލްދަނޑުގައި ޓަރފް އެޅުން:

މަޑިފުށީ ފުޓްސަލްދަނޑުގައި ޓަރފް އެޅުމާއި، ލައިޓް ޖެހުމާއި އަދި ދަނޑުގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)384-A/2016/33 މި އިދާރާގެ ނަންބަރު އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ޖުލައި 2016ވާ އަންގާރަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 14ޖުލައި 2016ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ރަމަޟާން 1437   

26 ޖޫން 2016
ހޯދާ