ދޮންފަނު ސްކޫލް
ދިވެހިރާއްޖެ
ކުޅިވަރުސާމާނާއި ތަކެތި ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރީސްކޫލް ދަރިވަރުންނަށް ޚާއްޞަ ކުޅޭސާމާނު ހެދުމާ ގުޅޭ:

މި ސްކޫލުގެ ނަންބަރު GS-138/IUL/2016/P4-6 އިޢުލާނުގައިވާ ތާރީޚުގައި ޕްރީބިޑް ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

2016 ވަނަ އަހަރު މި ސްކޫލުގައި ޕްރީސްކޫލް ކުދިންނަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ، އެ ކުދިން ބޭނުންކުރުމަށް ޚާއްޞަ ކުޅިވަރުސާމާނާއި ތަކެތި ހަދަން ވަނީ ބޭނުންވެފައެވެ. 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 12:30 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް މި ސްކޫލް އޮފީހަށް ހާޒިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ މި ގަޑީގައެވެ.

27 ޖޫން 2016
ހޯދާ