ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗްފަޅުވެރި (ކޮންޓްރެކްޓް އުސޫލުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ލޯންޗް ފަޅުވެރި (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ރޭންކް: އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމުގެ އަސާސީ ޝަރުޠު:

- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ކެޓަގަރީ އޭ އާއި ބީ ހާސިލުކޮށްފައިވުން.

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު، އެސް. އެސް. 1 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 2 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް، ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން ކުރުމުގައި ފަޅުވެރިއަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.

2. އަތޮޅު ކައުންސިލްގެ އިދާރާގެ ކަނޑުއުޅަނދުފަހަރު ދުއްވާއިރުގައްޔާއި ފަޅުގައި އޮންނައިރު، އެއަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ނެވި އިންތިޒާމްކޮށް އަންގާ ގޮތެއްގެ މަތިން ކުރުން.

3. ދަތުރުނުކުރާ ބަންދުނޫން ދުވަސްތަކާއި ގަޑިތަކުގައި، އިދާރާއިން އަންގާ ގޮތެއްގެ މަތިން، ރަސްމީގަޑީގައި، އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުން.

4. އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރުވެރިޔާގެ އިރުޝާދުގެމަތިން، ރަސްމީ ކަންކަމުގައި ހަރަކާތްތެރިވުން.

5. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައި ކަނޑައެޅިފައިވާ ކަންތައްތައް އޮޅުންފިލުވައި އެއާއެއްގޮތަށް ވަޒީފާގެ މާޙައުލުގައި ޢަމަލުކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3470 ރުފިޔާ

- ސަރވިސް އެލަވަންސް: -/1000 ރުފިޔާ

- ދަތުރު އެލަވަންސް

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިއުންތައް:

- ވަޒީފާއަށް އެދޭ ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ކޮޕީގެ ސަރުކާރުގެ އޮފީހަކުން އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވާޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ނުވަތަ ސިޓީ)

ސުންގަޑި:

2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް މީހަކު ހޮވުމުގެ ކަންތައްތައް ކުރިޔަށް ގެންދެވޭނީ ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށެވެ. ހޮވޭ މީހާއަކީ، މަސައްކަތަށް ރަނގަޅު މީހެއްކަމަށް ފެންނަނަމަ، އޭނާގެ މަޤާމް ދާއިމީކުރުމަށް ހުށަހެޅޭނެއެވެ.

- މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ (ރަސްމީ ގަޑީގައި) މި އިދާރާގެ ނަންބަރު 6820028 ނަންބަރު ފޯނަށެވެ.

23 ރަމަޟާން 1437

28 ޖޫން 2016
ހޯދާ