ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެކޭނިކަލް އެސިސްޓެންޓެއް ބޭނުންވެއްޖެ

ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: މެކޭނިކަލް އެސިސްޓެންޓް ގރ.1

އަދަދު: 1

މުސާރަ: -/4690ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން:  އެޑްމިނިސްޓްރޭޝަން / އެސްޓީއޯ ހެޑްއޮފީސް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ. 

މަޤާމުގެ މަސްއޫލިއްޔަތު:

* ކުންފުނީގެ އިމާރާތްތަކުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ޙައްލުކުރުމާއި އަދި މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން.

* ކުންފުނީގެ އިމާރާތްތަކުގެ ކޭބަލް ވަޔަރިންއާއި އަދި އެހެނިހެން މެއިންޓެނަންސް ކަންތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

* އެޑްވާންސް ސެޓުފިކެޓު އިން އިލެކްޓްރޯނިކްސް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ ކޯސް ފުރިހަމަކޮށްފައިވުން.

* މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަންފޯމު އެސްޓީއޯ ހެޑްއޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

އެސްޓީއޯ ހެޑްއޮފީސް، ބޮޑުތަކުރުފާނު މަގު، މާފަންނު

ފޯން: 33344333 ، 3344273.

27 ޖޫން 2016
ހޯދާ