އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (ފެމްބޯސާ) ގެ ބައްދަލުވުމުގެ ބޭނުމަށް ޕްރޮޓޮކޯލް އޮފިސަރުން ހޯދުމާބެހޭ

އިޢުލާން

ފޯރަމް އޮފް އިލެކްޝަންސް މެނޭޖްމަންޓް ބޮޑީސް (ފެމްބޯސާ) ގެ ބައްދަލުވުމުގެ ބޭނުމަށް ޕްރޮޓޮކޯލް އޮފިސަރުން ހޯދުމާބެހޭ:

2016 އޮގަސްޓު 1 އިން 4 އަށް، މި  ކޮމިޝަނުގެ  ފަރާތުން  އިންތިޒާމުކޮށްގެން  ބޭއްވުމަށް  ހަމަޖެހިފައިވާ  ފޯރަމް  އޮފް  އިލެކްޝަންސް  މެނޭޖްމަންޓް  ބޮޑީސް (ފެމްބޯސާ) ގެ  ބައްދަލުވުމަށް  ދިވެހިރާއްޖެއަށް  ޒިޔާރަތްކުރައްވާ  ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި މަތީފެންވަރުގެ ވަފުދުތަކުގެ ޕްރޮޓޮކޯލް އިންތިޒާމުކުރުމަށް، މި ކޮމިޝަނަށް ޕްރޮޓޮކޯލް އޮފިސަރުން ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 15 (ފަނަރަ)

މުއްދަތު: 10 ދުވަސް (ޖުލައި 23، 24، 25 ގައި ޓްރެއިނިންގ، ޖުލައި 30 އިން އޮގަސްޓު 5 އަށް މަސައްކަތުގައި)

އުޖޫރައާއި ޢިނާޔަތްތައް: މި މަސައްކަތަށް ހޮވޭ ފަރާތްތަކަށް މަސައްކަތުގައި ހޭދަވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ. މީގެ އިތުރުން ކޮސްޓިއުމްއަށް ކަނޑައެޅިފައިވާ އެލަވަންސް ހަމަޖައްސައިދިނުމުގެ އިތުރުން، ކެއުމާއި ހުރުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނަމަ، އެކަންކަން އިންތިޒާމުކޮށްދެވޭނެއެވެ.

ފެންވަރު/ ޝަރުޠު:

- ޖީ.ސީ.އީ އޭލެވެލް ނުވަތަ އޯލެވެލް ފުރިހަމަކޮށްފައިވުމާއެކު، އިނގިރޭސިބަހުން ފަރިތަކަމާއެކު ލިޔުމުންނާއި އަނގަބަހުން މުޢާމަލާތުކުރެވޭ ފަރާތަކަށްވުން.

- މިބާވަތުގެ މަސައްކަތެއްގައި މީގެކުރިން އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.

- އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމުގައިވުން.

ކުރަންޖެހޭ މަސައްކަތްތައް:

- ޑެލިގޭޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ރާއްޖެ ވަޑައިގަތުމާ ހިސާބުން ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތައް، ސެކްރެޓޭރިއަޓާ ގުޅިގެން ހަމަޖެއްސުން.

- ޑެލިގޭޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ރާއްޖެ ވަޑައިގަތުމާއެކު، އެއަރޕޯޓުން އެބޭފުޅުންނާ ހަވާލުވުން.

- ޑެލިގޭޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ހުރިހާ އެޕޮއިންޓްމަންޓްތަކެއް އޯގަނައިޒްކޮށް ބެލެހެއްޓުން.

- ޑެލިގޭޝަނުގެ ބޭފުޅުންގެ ދަތުރުގެ ކަންތައްތައް ރޭވިފައިވާގޮތާއި ޕްލޭން، ރިލޭޝަންސް އޮފިސަރުންގެ ފަރާތުން ހޯދައި، އެ މަޢުލޫމާތު އެފަރާތްތަކާ ހިއްސާކުރުން.

- ޑެލިގޭޝަނުގެ ބޭފުޅުންގެ އެކޮމޮޑޭޝަން، ފުޑް ހަމަޖެހިފައިވާގޮތުގެ މަޢޫލޫމާތު، ރިލޭޝަންސް އޮފިސަރުންގެ ފަރާތުން ހޯދައި، އެ މަޢުލޫމާތު އެބޭފުޅުންނާ ހިއްސާކޮށް، ރާއްޖޭގައި ތިއްބަވާ ދުވަސްތަކުގައި ލިބިވަޑައިގަންނަވާނެ ޚިދުމަތްތަކާބެހޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން.

- ޑެލިގޭޝަނުގެ ބޭފުޅުންގެ އެކޮމޮޑޭޝަން ހަމަޖެހިފައިވާ ތަނަކަށް ގެންދިއުން.

- ޑެލިގޭޝަންގެ ބޭފުޅުންނަށް ބޭނުންވާ ހުރިހާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޙަފްލާތައް ރޭވިފައިވާގޮތުގެ އެޖެންޑާ، ރިލޭޝަންސް އޮފިސަރުގެ ފަރާތުން ހޯދައި، އެފަރާތްތަކާ ހިއްސާކުރުން.

- ޑެލިގޭޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ރޭވިފައިވާ އިވެންޓްތަކާބެހޭ ފުރިހަމަ މަޢުލޫމާތު، ރިލޭޝަންސް އޮފިސަރުންގެ ފަރާތުން ހޯދައި، އެފަރާތްތަކަށް އެ މަޢުލޫމާތު ހިއްސާކުރުމާއި، އެ އިވެންޓަކާ ގުޅިގެން އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އެ އިވެންޓު އޮންނަތަނަށް ގެންދިއުން.

- މި ބައްދަލުވުމުގެ އިތުރުން ޑެލިގޭޝަނުގެ ބޭފުޅުންގެ އިތުރު އެޕޮއިންޓުމަންޓެއްވާނަމަ، އެކަން ހަމަޖެއްސުމަށްޓަކައި ރިލޭޝަންސް އޮފިސަރާ ގުޅިގެން އެކަންކަން އިންތިޒާމްކޮށް ހަމަޖެއްސުން.

- މީގެ އިތުރުން، ދިމާވާ ކަންކަން ކުރުމަށްޓަކައި ގުޅަންޖެހޭ ފަރާތްތަކާ ގުޅައި، އެކަންކަން ހަމަޖެއްސުން.

މީހުން ހޮވުމުގައި ބަލާނެ މިންގަނޑު:

މި މަސައްކަތަށް މީހުން ހޮވުމުގައި މާކްސްދޭނީ ތިރީގައިވާގޮތުގެ މަތީންނެވެ.

ދާއިރާ

މާކްސް

މާކްސް ދޭނެ ގޮތް

ތަޢުލީމު

30

ޝަރުޠުގައި ބަޔާންކޮށްފައިވާ އަސާސީ ޝަރުޠު ފުރިހަމަވާނަމަ، ފުރިހަމަ މާކްސް ލިބޭނެ

ތަޖުރިބާ

20

ހުށަހަޅާ ލިޔުންތަކަށް ބަލައި، ތަޖުރިބާއަށް މާކްސް ދިނުން.

އިންޓަވިއު

50

ކޮމިޝަނުން މީހުން ހޮވުމަށް އެކުލަވައިލާ އިންޓަވިއު ޕެނަލަކުން މާކްސްދީގެން.

ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިޓީއަކާއެކު، 2016 ޖުލައި 3 ގެ 14:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއަށް) ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކުރުން އެދެމެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

2. ސީވީ.

3. ކޮލިފިކޭޝަން.

4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް. 

އިންޓަވިއު:

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަވިއު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކުގެ އަޞްލު ގެންނަންވާނެއެވެ.

17 ރަމަޟާން 1437

26 ޖޫން 2016
ހޯދާ