ދިވެހިރާއްޖެ
މަޤާމް :ސެކިއުރިޓީ އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ. މަޤާމު: ސެކިއުރިޓީ އޮފިސަރ ގރ. 1 ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް އަދަދު: 01 އަސާސީ މުސާރަ: -/3930ރ މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ އިން ކަނޑައަޅާ ދާއިރާއެއްގައި މަސައްކަތްކުރުން އެހެނިހެން އިނާޔަތްތައް: * އިތުރު އެލަވަންސްގެ ގޮތުގައި -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. * ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ. * އިތުރުގަޑީގައްޔާއި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ. * ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: * ޑިޕާޓްމަންޓުން ހަމަޖައްސާ ތަނެއްގެ ސެކިއުރިޓީ ބެލެހެއްޓުން. ތަޢުލީމާއި ތަޖުރިބާ: * ގްރޭޑް 8 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހިބަސް ލިޔަން ކިޔަން އެނގުން. * އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން. އަދި ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން * ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ކޯހެއް ހަދާފައިވުން. ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 05 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަންފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ނޯޓް:
އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344272 ފެކްސް: 3344041 ވެބްސައިޓް: www.sto.mv |