މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

އިޢުލާން

މިމިނިސްޓްރީގެ ނަންބަރު  (IUL)22-D/1/2016/130(02 ޖޫން 2016) ޢިއުލާނަށް އެކަށީގެންވާ ފަރާތެއް ކުރިމަތިލާފައި ނުވާތީވެ އެޢިއުލާނު ބާތިލް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

 

   މަޤާމް:                     ކޮމްޕިއުޓަރ ޕްރޮގްރާމަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެމް.އެސް 1

   ކްލެސިފިކޭޝަން :              ޓެކްނިކަލް އޮފިސަރ ގްރޭޑް 1

   މުސާރަ :                    -/5610 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މިނިސްޓްރީގެ އައި.ޓީ. ހެލްޕް ޑެސްކަށް އަންނަ ކޯލްތަކަށް މެދުކެނޑުމެއްނެތި ޖަވާބުދާރީވެވޭނެ އިންތިޒާމު ހަމަޖެއްސެން
  2.    މިނިސްޓްރީގެ ނެޓްވާރކާއި، ކޮމްޕިއުޓަރުތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން
  3.    މިނިސްޓްރީގައި ބޭނުން ކުރާ ސޮފްޓްވެއަރތަކަށް ސަޕޯޓް ދިނުން
  4.  މިނިސްޓްރީގެ ވެބްސައިޓަށް ދިމާވާ މައްސަލަތައް ހައްލުކުރުން އަދި ހައްލުނުކުރެވޭފަދަ ކަމެއް ދިމާވެއްޖެނަމަ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް މަސައްކަތްކުރުން.
  5. މިނިސްޓްރީގެ ކޮމްޕިއުޓަރުތައް ވައިރަހުން ސަލާމަތްކުރުމަށްޓަކައި އެންޓިވައިރަސް ސޮފްޓްވެއަރ އިންސްޓޯލްކޮށް، ގަވާއިދުން ޗެކްކޮށް ބެލުން
  6.  މިނިސްޓްރީގެ މުވައްޒަފުން ކޮމްޕިއުޓަރަށް އަހުލުވެރި ކުރުވުމަށްޓަކައި ދޭން ޖެހޭ ތަމްރީނުތައް ރާވާ ހިންގުން
  7.  މިނިސްޓްރީއަށް ގަންނަން ބޭނުންވާ ކޮމްޕިއުޓަރާއި އިކްއިޕްމެންޓް ތަކަށް ސްޕެސިފިކޭޝަން ތައްޔާރު ކުރުމާއި ބިޑްތައް އިވެލުއޭޓް ކުރުން
  8.   ސެކްޝަނުންކުރާ މުހިއްމު ބޮޑެތި މަސައްކަތްތަކުގައި އެހީތެރިވެދީ އެއްބާރުލުންދިނުން.
  9.   މިނިސްޓްރީގެ އެކި ސެކްޝަންތަކަށް ބޭނުންވާ ގްރެފިކް ޑިޒައިން (ކާޑު، ލީފްލެޓްފަދަ ތަކެތި) މަސައްކަތްތައް ކޮށްދިނުން.
  10.  މިނިސްޓްރީން އިންތިޒާމް ކުރާ އެކިއެކި ހަފްލާތަކަށާއި އިވެންޓްތަކަށް ޓެކްނިކަލް ސަޕޯޓް ދިނުން.
  11.  ސެކްޝަނުގެ މުވައްޒަފަކު ޗުއްޓީ ނެގުމުގެ ސަބަބުން ވަގުތީގޮތުން އެމުވައްޒަފެއްގެ މަސައްކަތް ހަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން.
  12.   މިނިސްޓްރީގެ ދަށުން ހިނގާ ޑިޕާރޓްމަންޓް ތަކާއި ސްކޫލްތަކަށް ޓެކްނިކަލް ސަޕޯރޓް ދިނުން.

 

ޝަރުތު:                             

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ނުވަތަ

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

 

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 12 ޖުލައި 2016- 30 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ބ- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސް މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެ.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއި އީ.މެލް އެޑްރެސް އާއި އެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 05 ޖުލައި 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341427  ފޯނަށް ގުޅުއްވުން އެދެމެވެ.

 

21 ރަމަޝާން 1437

 

26 ޖޫން 2016
ހޯދާ