މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓްމަން ޓްރެއިނީ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕޯސްޓްމަން ޓްރެއިނީ 

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

1. މުސާރަ: މަހަކު -/4،122 ރުފިޔާ (ހަތަރުހާސް އެއްސަތޭކަ ބާވީސް ރުފިޔާ)

2. ސަރވިސް އެލަވަންސް: މަހަކު -/1،860 ރުފިޔާ (އެއްހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)

3. މެއިލް އެލަވަންސް: ކަނޑައެޅިފައިވާ މިންގަނޑަށް ބަހާނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން މެއިލް އެލަވަންސް ލިބޭނެއެވެ.

4. އަމިއްލަ ސައިކަލުގައި މަސައްކަތްކުރާނަމަ، ޕެޓްރޯލް އެލަވަންސް ދެވޭނެއެވެ.

5. އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

6. އެވްރެޖްކޮށް 70 ޕޮއިންޓަށްވުރެ އިތުރަށް ބަހާ ޕޮއިންޓަށް ކަނޑައެޅިފައިވާގޮތުގެ މަތިން އިތުރު ފައިސާ ލިބޭނެއެވެ.

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް:

ފުވައްމުލައް ޕޯސްޓް އޮފީސް

 

 

 

 

މަޤާމުގެ ޝަރުޠު:

- ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރުހުރުން ނުވަތަ އިނގިރޭސިބަހުންނާއި ދިވެހިބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމާއެކު، ކުރާ އިންޓަވިއުން ފާސްވުން. ނުވަތަ؛

- އިނގިރޭސި ބަހުންނާއި  ދިވެހިބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމާއެކު، ކުރާ އިންޓަވިއުން ފާސްވުން.

- ޏ. ފުވައްމުލަކުގެ ގެތަކާއި/އެޑްރެސްތަކަށާއި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ވޭތުވެދިޔަ 5 (ފަހެއް) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްހުރި މީހަކަށްވުން.

- ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން.

- އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭފަދަ މީހަކަށްވުން.

- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން.

- ހަވާލުކުރެވޭ މަސައްކަތް ދުވަހުން ދުވަހަށް ނިންމޭފަދަ ޤާބިލް ފަރާތަކަށް އިސްކަންދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިޢުލާން ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ބަޔާންކޮށްފައި އޮންނަންވާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ވަޒީފާގައި މިހާރު އުޅޭ ފަރާތެއްނަމަ ނުވަތަ ކުރިން ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން.

- ޕޮލިސް ރިޕޯޓް (ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަންޖެހޭނެއެވެ.) 

 

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ  އެޗްއާރ ޑިޕާޓްމަންޓަށް ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި، "ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. ފެކުހުންނަމަ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ހެޑްއޮފީހުގެ 3321559 ނަންބަރަށް ފެކްސް ކުރުން އެދެމެވެ. ޏ. ފުވައްމުލަކުންނަމަ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން، ފުވައްމުލަކު ޕޯސްޓް އޮފީހަށް ފޮނުވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ،  ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 3009271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

22 ރަމަޟާން 1437
27 ޖޫން 2016
ހޯދާ