އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތޮށިލުމާއި ތޮށިގަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގެ ގިރާ ސަރަޙައްދުގައި ތޮށިލުމާއި ތޮށިގަނޑު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށުގެ ގިރާ ސަރަޙައްދުގައި ތޮށިލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އދ. ފެންފުށީ ކައުންސިލްގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ކުންފުންޏަކުން ބޭފުޅަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ބޭފުޅެއްކަން އެނގޭނޭ ސިޓީއަކާއެކު ވަޑައިގެންނެވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއެކު ވަޑައިގެންދެއްވުމަށް ދަންނަވަމަވެ. މަޢުލޫމާތުޝީޓު ވިއްކުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ކޮންމެ ފަރާތަކުން -/200 (ދުއިސައްތަ) ރުފިޔާ، މިކައުންސިލަށް ދެއްކުމުންނެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ