ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޑެޕިއުޓީ ސްޓެޓިސްޓީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑެޕިއުޓީ ސްޓެޓިސްޓީޝަން  

މަޤާމް:

ޑިރެކްޓަރ، އެގްޒެގެޓިވް، މެނޭޖަރ  

ކްލެސިފިކޭޝަން:

EX 1

މަޤާމުގެ ރޭންކް:

މަހަކު -/8835 ރުފިޔާ

މުސާރަ:

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން ޢިނާޔަތްތައް:

2 (ދޭއް)

ބޭނުންވާ އަދަދު:

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

ސްޓެޓިސްޓިކަލް ސާރވޭ އެންޑް އެނަރލިސިސް

ބޭނުންވާ ސެކްޝަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

1. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖުމަންޓުގެ ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ  މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

މަޤާމުގެ ޝަރުޠުތައް:

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް:

1. ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަނުގެ މަސައްކަތްތައް، ޑިވިޜަން ހިންގެވުމާ ހަވާލުވެހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު ކުރިއަށްގެންދިއުމާއި، އެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި، ޔުނިޓުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން. މިގޮތުން:

- ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވުމާއި މަސައްކަތްތައް ސުޕަވައިޒްކުރުން.

- ޕްރޮޑިއުސަރ ޕްރައިޒް އިންޑެކްސް (ޕީ.ޕީ.އައި) ގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވުމާއި، މަސައްކަތްތައް ސުޕަވައިޒްކުރުން.

- ކޮންސްޓްރަކްޝަން މެޓީރިއަލް އިންޑެކްސް (ސީ.އެމް. އައި) ގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވުމާއި، މަސައްކަތްތައް ސުޕަވައިޒްކުރުން.

- އެކްސްޕޯޓާއި އިމްޕޯޓުގެ ހިސާބުތައް ދިރާސާކޮށް، ފޮރިން ޓްރޭޑް އިންޑެކްސްގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވުމާއި، މަސައްކަތްތައް ސުޕަވައިޒްކުރުން.

- އިންޓަނޭޝަނަލް ކޮމްޕެރިޒަން ޕްރޮގްރާމް (އައި.ސީ.ޕީ) ގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވުމާއި، މަސައްކަތްތައް ސުޕަވައިޒްކުރުން.

- ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އެކިފަރާތްތަކުން އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި، ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަނުން ކުރިއަށްގެންދަންޖެހޭ މައްސަލަތަކުގައި ޑިވިޜަން ހެޑްގެ ލަފާގެމަތިން ކަންތައްތައް ކުރިއަށްގެންދިއުން.

- ސެކްޝަންގެ މަސައްކަތްތައް ރާވައި، އިދާރީ މަސައްކަތްތައް ބެލެހެއްޓުން.

2. ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.

3. އިޤްތިޞާދީ މަޢުލޫމާތު އާންމުކުރުމާއި، އެ މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.

4. ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ޑިވިޜަންގެ އަހަރީ ވާރކް ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމުގައްޔާއި، އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ޑިވިޜަންތަކަށް ފޯރުކޮށްދިނުމުގައި ޑިވިޜަން ހެޑަށް އެހީތެރިވުން.

5. މުވައްޒަފުންނަށް ބޭނުންވާނެ ތަފާސްހިސާބުގެ ޓްރެއިނިންގތައް ދެނެގަނެ، ތަމްރީނު ދިނުމުގައި ހަރަކާތްތެރިވުން.

6. އިޤްތިޞާދީ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވުން.

7. ބޯހިމެނުމާއި، އިޤްތިޞާދީ ސަރވޭތައް ރާވައި ހިންގުމުގައި އެހީތެރިވުން.

8. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި އޮފީހުގެ ފަރާތުން ބައިވެރިވުން.

9. ތަފާސްހިސާބުގެ ޤަވާއިދަށް ޢަމަލުކުރުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

10. ނެޝަނަލް އެކައުންޓްސް އެންޑް އިކޮނޮމިކް އެނަލިސިސްގެ މަސައްކަތްތަކަށް ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް ސެކްޝަނުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

11. ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑު އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެމަތިން ވަޒީފާ އަދާކުރުން.

12. ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

ސްޓެޓިސްޓިކަލް ސަރވޭ އެންޑް އެނަރލިސިސް:

1. ސްޓެޓިސްޓިކަލް ސަރވޭ ޔުނިޓުގެ މަސައްކަތްތައް ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނަވާ އިސްވެރިއެއްގެ ލަފާފުޅާއެކު ކުރިއަށްގެންދިއުމާއި، އެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި،  ޔުނިޓުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.

2. ސްޓެޓިސްޓިކްސް ޑިވިޜަނުން ކުރަންޖެހޭ ސާރވޭތަކުގެ މަސައްކަތް ރާވައި ހިންގުމާއި، ޓްރޭނިންގ ދިނުމާއި، ޑޭޓާ ކަލެކްޓްކުރުމާއި، ޑޭޓާ އެޑިޓްކުރުމުގެ މަސައްކަތްކޮށް، ޑެޑްލައިނަށް ނިންމާ ނަތީޖާތައް އާންމުކުރުމާއި، މިމަސައްކަތް ހިނގާދިޔަގޮތް ފުރިހަމައަށް ޑޮކިއުމަންޓްކުރުމާއި، ތަޖުރިބާގެ އަލީގައި ދެންކުރެވޭ ސަރވޭތައް އިތުރަށް ތަރައްޤީކުރުން.

3. ސްޓެޓިސްޓިކްސް ޑިވިޜަނުން ކުރާ ސަރވޭތަކަށް ބޭނުންވާ ބްލޮކް މެޕްތަކާއި، ސާމްޕަލް ފްރޭމްތައް އެކުލަވައިލައި، އަޕްޑޭޓްކޮށް މެނޭޖްކުރުން.

4. ސަރވޭތަކުގެ ޑޭޓާ ޑިސެމިނޭޓްކުރުމާއި، އެޑްމިނިސްޓްރޭޓިވް، ޓެކްނިކަލް އަދި އެނަލިސިސް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްކުރުމާއި، ހޯދުންތަކުގެ މަޢުލޫމާތު ޑިސެމިނޭޓްކުރުން.

5. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސަރވޭތަކުގެ ސުވާލު ކަރުދާސްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.

6. ސްޓެޓިސްޓިކްސް ޑިވިޜަނުގެ ފަރާތުން ރާވައި ހިންގާ ސޯޝިއޯ އިކޮނޮމިކް ސާރވޭތަކަށް ސާމްޕަލް ނެގުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.

7. ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތްތަކަށް ބޭނުންވާ ޓެކްނިކަލް އެސިސްޓެންސް ފޯރުކޮށްދިން.

8. ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އެޕްރޫވަލްއަށް ހުށަހަޅާ ސަރވޭތަކުގެ ސާމްޕަލް ޑިޒައިން ބަލައި ކޮމެންޓްކުރުމާއި، ސުވާލު  ކަރުދާސްތަކާއި  ލިއުންތައް  ދިރާސާކޮށް،  ސަރވޭ  އެޕްރޫވަލް  ފޯމް  ޕްރޮސެސްކުރުމުގެ  މަސައްކަތުގައި  އިސްވެ ހަރަކާތްތެރިވުމާއި، މި ސަރވޭތަކުގެ ރަޖިސްޓްރީއެއް ޤާއިމްކޮށް ބެލެހެއްޓުމާއި، މި މަސައްކަތް ހަރުދަނާކުރުން.

9. ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްޓެޓިސްޓިކްސް ޑިވިޜަނުން ހިންގުމަށް ކަނޑައެޅޭ ކޯސްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ސާރވޭއާއި ސާމްޕްލިންގ މޮޑިއުލްސްތައް ތައްޔާރުކުރުމާއި ކިޔަވައިދިނުން.

10. ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން ހުއްދަ ނަގައިގެން ކުރާ ތަފާސްހިސާބުގެ ސާރވޭތަކުގެ ދިރާސާ ރިޕޯޓްތައް ހޯދައި، ފަސޭހައިން ރިފަރެންސް ހެދޭފަދަ ގޮތަކަށް އޯގަނައިޒްކޮށް ބެލެހެއްޓުން.

11. ސަރވޭގެ ދާއިރާގެ ޔޫ.އެން ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، މި ދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް މަސައްކަތުގެ ފެންވަރު މަތިކުރުމާއި، ސާރވޭގެ ޑޭޓާ ކަލެކްޝަން ޒަމާނާ އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުން.

12. ސްޓެޓިސްޓިކްސް ޑިވިޜަންގެ ފަރާތުން ކުރުމަށް ކަނޑައެޅޭ ސާރވޭތަކުގެ މަޢުލޫމާތު ފޯމުތައް ކޯޑްކުރުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރިވުން.

13. ޔުނިޓުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް، މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

މި މަޤާމްތަކަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ދެ ހަފްތާތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން:

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ވަޒީފާއަށް އެދޭ ފޯމު

2. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

3. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން) 

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ)

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

8. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައް.

9. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

2016 ޖުލައި 5 ވާ އަންގާރަ ދުވަހުގެ 12:00

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ  ބައު އިމާރާތުގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމާއި ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، މި ބިއުރޯގެ http://statisticsmaldives.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349388 ނަންބަރު ފޯނަށް ނުވަތަ 3349395 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު:

  18 ރަމަޟާން 1437
23 ޖޫން 2016
ހޯދާ