ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
މަރާމާތުކުރުން

އިޢުލާން

ބޯފެންތާނގީތައް ބަދަލުކުރުމާއި ހޯލުގައި ތަށިމުށިޖެހުން

މި ސްކޫލުގެ ބޯފެންތާނގީތައް މިހާރު ހުރިތަނުން އެހެންތަނަކަށް ބަދަލުކުރުމާއި ހޯލުގައި ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް 16 މޭ 2016 ގައި ކުރި ނަންބަރު 16 އަދި 17IUL)GS12/2016/ ) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާންތައް ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މި ސްކޫލުގެ ބޯފެންތާނގީތައް މިހާރު ހުރިތަނުން އެހެންތަނަކަށް ބަދަލުކުރުމާއި ހޯލުގައި ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތަކުން، މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުން އޮންނާނީ 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި މަދަރުސާގެ ލައިބްރަރީގައެވެ. އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭނީ 3 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި ސްކޫލަށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެނުލައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ މި މަދަރުސާގެ ނަންބަރު 6700025 ފޯނު ނުވަތަ 9747475 މޯބައިލްފޯނާ ގުޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ މި މަދަރުސާގެ ރަސްމީ އީމެއިލް [email protected] އަށް އީމެލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

22 ޖޫން 2016
ހޯދާ