މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އޮފިސަރ، ކޮމަރޝަލް ގްރޭޑް 1
ބޭނުންވާ އަދަދު :1

ޝަރުޠު:  

  • ޑިގްރީ އިން ބިޒްނަސް / ކޮމާރސް / ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން މިފެންވަރުގެ ސެޓުފިކެޓެއް ހާސިލުކޮށްފައިވުން. ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު 1.5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އޭލެވެލް ނިންމުމަށްފަހު 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކޮމަރޝަލް ޕްލޭނާ އެއްގޮތަށް ކަނޑައެޅިފައިވާ ޓާގެޓްތައް ހާސިލުކުރުމަށް ކަންތައްތައް ރޭވުން.

  • ސޭލްސް އަދި ޕްރޮޖެކްޓް ޓާގެޓްތައް ހާސިލުވާނެގޮތަށް ކޮމާރޝަލް ސްޓްރެޓެޖީ ރާވައި ޢަމަލުކުރުން.

  • ޓެންޑަރތައް ހެދުމާއި، އަދި ޓެންޑަރތަކަށް ބޭނުންވާ އެގްރީމެންޓް އަދި ކޮންޓްރެކްޓްތައް ކީ އެކައުންޓްސް މެނޭޖްމަންޓާ އެއްގޮތަށް ހެދުން.

  • މެނޭޖްމަންޓަށް ބޭނުންވާ މާކެޓް ދިރާސާ ހެދުމާއި އަދި އަލަށް ބޭނުންވާ ކަންތައްތަކުގެ ޑޭޓާބޭސް ހަދައި ބެލެހެއްޓުން.
މަޤާމް :އެސިސްޓެންޓްް އޮފިސަރ، އެކައުންޓްސް
ބޭނުންވާ އަދަދު :1

ޝަރުޠު

  • އޯލެވެލް އިނގިރޭސިއާއި އެކައުންޓްސްއާއެކު 3 މާއްދާ އިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތިން ފާސްވެފައިވުން.
  • އުމުރު: 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތަކަށްވުން.

  • މި ދާއިރާގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ބިލްތަކާއި އަދަދު ޓްރެކް ކުރުމަށް އެއިރޯ އެޑްވާންސް ކަސްޓަމަރ ސްޓޭޓްމަންޓްތައް ތައްޔާރުކުރުން.

  • އެއިރޯ އާ ގުޅުންހުރި އެޑްވާންސް ޕާޓީތަކަށް ބޭނުންވާ ޕާރފޯމަރ އިންވޮއިސް ދޫކުރުން.

  • ޕީއެސްއެފް ރަޖިސްޓަރީ ބެލެހެއްޓުމާއި، ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވިފައިވާ އިންވޮއިސްތައް ބެލެހެއްޓުން.

  • ދެވިފައިވާ މުއްދަތުގެ ތެރޭގައި ޕޭމަންޓް ނެގުމަށް ކަސްޓަމަރުންނަށް މެއިލާއެކު ސްޓޭޓްމަންޓްތައް ހަނދާންކޮށް ދިނުމުގެ ގޮތުން ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:     

  • ސީވީ އާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

  •  3 މަސްދުވަސް ހަމަނުވާ ޕޮލިސްރިޕޯޓް

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ: 

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3325511

މި މަޤާމުތަކަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިންޓަރވިއު އަށް ދެންނެވޭނީ މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

23 ޖޫން 2016
ހޯދާ