މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނުގެ ފަރާތުން 1437 ވަނަ އަހަރު ކުރާ ޙައްޖު ދަތުރުގައި، ޙައްޖު މުސާޢިދު (ފިރިހެން) ގެ މަޤާމުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ހޯދުން

އިޢުލާނު


ވަޒީފާގެ ފުރުޞަތު:

މި ކޯޕަރޭޝަނުގެ ފަރާތުން 1437 ވަނަ އަހަރު ކުރާ ޙައްޖު ދަތުރުގައި، ތިރީގައިމިވާ މަޤާމުގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ މީހުން ބޭނުންވެއެވެ.

މަޤާމް:

ޙައްޖު މުސާޢިދު (ފިރިހެން)

ބޭނުންވާ އަދަދު:

10 (ދިހައެއް)

 

ފެންވަރު ނުވަތަ ޝަރުޠު:

1. ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލުކަން ހުރި ފަރާތެއްކަމުގައިވުން.

2. ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

3. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

- ޙައްޖުގެ އަޅުކަމަށް ތައްޔާރުވުމަށް މާލޭގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވުން.

- ޙައްޖު ދަތުރުގައި މައްކާއާއި، މަދީނާއާއި، ޢަރަފާތާއި، މިނާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުންއެދި ހުށަހަޅާ ފޯމު (މި ފޯމު ކޯޕަރޭޝަނުން ލިބެން ހުންނާނެއެވެ. އަދި ކޯޕަރޭޝަންގެ www.mhcl.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުންގަޑި:

2016 ޖޫން 29 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

- ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

- އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކުން، ހުރިހާ ލިޔެކިޔުންތައް، މި ކޯޕަރޭޝަނަށް އީމެއިލްކުރުން އެދެެމެވެ. ކޯޕަރޭޝަނުގެ އީމެއިލް އެޑްރެހަކީ، [email protected] އެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3011000 ނަންބަރު ފޯނަށެވެ.

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ