ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސީނިއަރ އޮޑިޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަސައްކަތްކުރަންޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ:

މަހަކު -/7،035 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50

- ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/3،000 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، MS 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

- އޮޑިޓް ޕްލޭންތަކާ އެއްގޮތަށް ޝަރުޢީ ދާއިރާގެ އިދާރާތަކާއި ކޯޓުތަށް އޮޑިޓްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

- ޝަރުޢީ ދާއިރާއިން ހިންގާ ޕްރޮޖެކްޓްތައް އޮޑިޓްކުރުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކާ މަޢުލޫމާތު ހިއްސާކުރުން.

- ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ ޕަރފޯމަންސް އޮޑިޓް ހެދުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.

- އެކްޓިވިޓީ ކަލަންޑަރާ އެއްގޮތަށް ޝަރުޢީ ދާއިރާގެ އިދާރާތަކުގެ އިންޓަރނަލް އޮޑިޓްކޮށް، ރިޕޯޓް ޑްރާފްޓްކޮށް، ފައިނަލްކުރުން.

- ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފުވެފައިވާކަމަށް އޮޑިޓްތަކުގައި ފާހަގަކުރެވޭ ކަންތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.  

ހުށަހަޅަންޖެހޭ ތަކެތި:

 

 

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

2016 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ، އަތޮޅުތަކަށް ދަތުރުކުރަންޖެހޭ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ޞިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.

- ލިއުންތެރިކަމުގެ ހުނަރު ލިބިފައިވުން.

- މައިކްރޯސޮފްޓް އެކްސެލްއާއި ޕަވަރޕޮއިންޓަށް އަހުލުވެރި ފަރާތަކަށްވުން.

- މައްސަލަތައް ދިރާސާކުރުމަށްފަހު ނަތީޖާއަކާ ހަމައަށް ވާޞިލުވެވޭފަދަ ޤާބިލުކަން ލިބިފައިވާ، ވިސްނުންތޫނު މީހަކުކަމުގައިވުން.

- އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާގެ ބެކްގްރައުންޑް ހުރި ފަރާތެއްކަމުގައިވުން.

- ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި، ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

- މި  މަޤާމަށް  އެދޭ  ފަރާތްތަކުން  ފުރަންޖެހޭ  ވަޒީފާއަށް  އެދޭ  ފޯމު،  މި  ޑިޕާޓްމަންޓުގެ  ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ކުރެވޭނެއެވެ.

- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނައުން އެދެމެވެ.

- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3006280 ނަންބަރު ފޯނަށެވެ.

17 ރަމަޟާން 1437
22 ޖޫން 2016
ހޯދާ