މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޔަމަހާ ފޯރ ސްޓްރޯކް ( 250 ހޯސްޕަވަރުގެ ) 02 އިންޖީނު ގަތުމަށް

އިޢުލާން

މިއިދާރާގެ ނަންބަރު (IUL)230-AHI/230/2016/18 ( 16 ޖޫން 2016 ) އިޢުލާނާ ގުޅިގެން އިންޖީނު ވިއްކުމަށް އެދި އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެކަމަށް އެދި ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، ޔަމަހާ ފޯރ ސްޓްރޯކް ( 250 ހޯސްޕަވަރުގެ ) 02 އިންޖީނު ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ޖޫން 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅުއްވާ އަންދާސީހިސާބުގައި އިންޖީނެއް ވިއްކޭނެ އަގަކާއި ފޯރުކޮށްދެވޭނެ މުއްދަތު ބަޔާން ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6608300 ، 7762922 ފޯނާ ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިކަމަށް އެދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ގަޑީގައި އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ