ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅިފަޅުން ބިން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

ބިން ކުއްޔަށް ދޫކުރުން

ގުޅިފަޅުން ބިން ކުއްޔަށް ދޫކުރުމާބެހޭ

ގުޅިފަޅުގައި ގުދަން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ގުދަންކުރުމަށް ބިން  ދޫކުރުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް -/05 (ފަހެއް) ރުފިޔާގެ މަގުން 05 (ފަސް) އަހަރުދުވަހުގެ މުއްދަތަކަށެވެ. ބިން ކުއްޔަށް ނެންގެވުމާބެހޭ މައުލޫމާތު 28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 11:00 އިން ފެށިގެން މި ކުންފުނީގެ އޮފީހުން ލިބެން ހުންނާނެއެވެ. މިމަޢުލޫމާތު ކަރުދާހުގައިވާ ލިޔެކިޔުންތަކާއެކު، ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާކަން ފާޅުކޮށް ސިޓީއެއް މިކުންފުންޏަށް ހުށަހެޅުއްވުން އެދެމެވެ. ބިން ކުއްޔަށް ނެންގެވުމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނީ، 5 ޖުލައި 2016 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށެވެ.

މި އިޢުލާނާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3016630 އަށެވެ. އަދި ލިޔުމުން ހުށަހެޅޭ ސުވާލުތައް ފޮނުއްވާނީ [email protected] އަށެވެ. (ރަމަޝާންމަހު އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 14:30 އަށެވެ.)

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ

23 ޖޫން 2016
ހޯދާ