މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ފަރުނީޗަރު ގަތުމަށް

ފަރުނީޗަރު ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ސައިންސްލެބް އަދި އޯޑިޔޯ ވިޒުއަލްރޫމަށް ބޭނުންވާ ފަރުނީޗަރު ގަތުމަށް ކުރެވުނު ނަންބަރު: GS106/2016/IU/0030 އިޢުލާނާ ގުޅިގެން އެއްފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން ޝައުޤުވެރިވާ ފަރާތްތަށް ހޯދުމަށް އިޢުލާންކުރީމެވެ. 

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފާއިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅީފައިވާ ތާރީހުގެ ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 ޖުލައި 03 ވާ އާދީއްތަ ދުވަހުގެ 13:15

2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 13:15

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލިއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

22 ޖޫން 2016
ހޯދާ