ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
ރިސެޕްޝަނިސްޓް |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: GS3 |
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން: |
ށ. ކަނޑިތީމު ޞިއްޙީ މަރުކަޒު / އެޑްމިން |
||
މުސާރައާއި ޢިނާޔަތްތައް:
|
|
||
ތަޢުލީމާއި ތަޖުރިބާ: |
- ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖުމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި ' ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
||
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ޞިއްޙީ މަރުކަޒަށް އަންނަ ފޯންކޯލްތަކަށް ރިވެތިބަހުން ޖަވާބުދާރީވުން. 2. ޚިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް ބޭނުންވަނީކޮން ޚިދުމަތެއްތޯ ބަލައި، އެ ޚިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ނުވަތަ އެކަމެއް އެވަގުތެއްގައި ދެވެންނެތިއްޖެ ހާލަތެއްގައި އެކަމެއް ރަނގަޅަށް އޮޅުންފިލުވައިދިނުން. 3. ޞިއްޙީ މަރުކަޒަށް އަންނަ ބަލިމީހުން ރަޖިސްޓްރީކޮށް ނަންބަރު ދޫކުރުން. 4. ރިސެޕްޝަން ކައުންޓަރުގައި ބޭނުންކުރެވޭ އެންމެހައި ތަކެއްޗާއި ލިޔެކިއުންތައް ބެލެހެއްޓުން. 5. އޯޕީޑީ ސަރަހައްދާއި ކޮންސަލްޓޭޝަން ރޫމުގެ ސާފުތާހިރުކަން ބެލެހެއްޓުން. 6. ޞިއްޙީ މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަންޖެހޭފަދަ ޚިދުމަތެއް ދޭންޖެހޭފަދަ ހާލަތެއްގައި، އެ ޚިދުމަތަކީ ޞިއްޙީ މަރުކަޒުން ދެވެންހުރި ޚިދުމަތެއްތޯ ބަލައި، ޔަގީންކުރުމަށްފަހު އަގުނެގުން. 7. ލިބޭ ފައިސާގެ ދުވަހު ފޮތް ކޮންމެ ދުވަހަކުވެސް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. 8. އާސަންދަ ޚިދުމަތްދެވޭ ފަރާތްތަކުގެ މަޢުލޫމާތުތައް ފުރިހަމަކޮށް ދުވަހުން ދުވަހަށް ޓްރާންސެކްޝަންސާއި ބިލްހެދުން. 9. ޞިއްޙީ މަރުކަޒަށް އެކިތަންތަނުން ފޮނުވާ ތަކެތި ބަލައިގަތުން. |
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ސުންގަޑި: |
2016 ޖުލައި 4 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން. އިންޓަވިއު އޮންނާނީ، ޖުލައިމަހުގެ ތެރޭގައި ށ. ކަނޑިތީމު ޞިއްޙީ މަރުކަޒުގައެވެ. |
||
ހުށަހަޅަންޖެހޭ ތަކެތި: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ލިބެން ހުންނާނީ، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ޞިއްޙީ މަރުކަޒުގެ އޮފީހުންނެވެ.) 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރެވިފައިވާ) 3. ވަޒީފާއަށް ކުރިމާތިލާ ފަރާތުގެ ވަނަވަރު/ސީވީ (އެޕްލިކޭޝަން ފޯމާއެކު ދޫކުރާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ) 4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީއެއް. 5. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6. ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގުރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތަކުގެ މުސާރައާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތަކާއި ރޭންކް އެނގެން އޮންނަންވާނެއެވެ. |
||
އިތުރު މަޢުލޫމާތު ސާފުކުރުން: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މަރުކަޒުގެ 6540537 ނަންބަރު ފޯނަށް، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ. |
18 ރަމަޟާން 1437