މާއުނގޫދޫ ސްކޫލް
ދިވެހިރާއްޖެ
ފަރުނީޗަރު ގަތުމަށް

ފަރުނީޗަރު ގަތުމަށް އަންދާސީހިސާބު ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ސައިންސްލެބް އަދި އޯޑިޔޯ ވިޒުއަލްރޫމަށް ބޭނުންވާ ފަރުނީޗަރު ގަތުމަށް (16 މޭ 2016) ވަނަ ދުވަހު ކުރެވުނު ނަންބަރު:GS106/2016/IU/0029 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން ޝައުޤުވެރިވާ ފަރާތްތަށް ހޯދުމަށް އިޢުލާންކުރީމެވެ. 

ވީމާ، މިތަކެތި ވިއްކެއުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފާއިވާ ގަޑީގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅީފައިވާ ތާރީހުގެ ދެންނެވިފައިވާ ގަޑިއަށް މި ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސާނަމަ ސިޓީއަކުން އެކަން ހުށަހަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުޅުވާ ބައްދަލުވުން

2016 ޖުލައި 03 ވާ އާދިއްތަ ދުވަހުގެ 13:00ގައި

12 ޖުލައި 2016 ވާ އަންގާރަ ދުވަހު 13:00

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ މި ސްކޫލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުމުން އެފަރާތުން ލިބޭ މަޝްވަރާގެ މަތިންނެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

17 ރަމަޟާން 1437

22 ޖޫން 2016
ހޯދާ