ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރކްޝޮޕްގެ ބައިވެރިންނަށް ކެއުމާއި ސައިގެ ކަންތައްތައް ހަމަޖައްސާނެ ފަރާތެއް ހޯދުން

އިޢުލާން

ވާރކްޝޮޕްގެ ބައިވެރިންނަށް ކެއުމާއި ސައިގެ ކަންތައްތައް ހަމަޖައްސާނެ ފަރާތެއް ހޯދުން

ކުރިޔަށް އޮތް 5 އަހަރުދުވަހަށް އެކުލަވާލަންޖެހޭ ރަށްރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް ދޭންޖެހޭ ތަމްރީނު ދިނުމަށްޓަކައި 11 ޖުލައި 2016 އިން 14 ޖުލައި 2016 ގެ ނިޔަލަށް ގއ. ވިލިނގިލީގައި ބާއްވަން ހަމަޖެހިފައިވާ ވާރކްޝޮޕްގައި ބައިވެރިވާ 18 ބޭފުޅުންނާއި ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވާ 4 ބޭފުޅުންނާއެކު ޖުމްލަ 22 ބޭފުޅުންނަށް 4 ދުވަހުގެ ހެނދުނު ސައި، މެންދުރު ކެއުން އަދި ހަވީރު ސަޔާއި ރޭގަނޑުގެ ކެއުން، ބޮލަކަށް -/120 ރުފިޔާގެ ރޭޓުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ކަނޑައެޅިފައިވާ ރޭޓުން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެފަރާތްތަކުން ކަނޑައަޅާ މެނޫއާއެކު މިމަސައްކަތް ކޮށްދޭން ބޭނުންވާކަން ބަޔާންކޮށް 28 ޖޫން 2016 ގެ 14:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

14 ރަމަޟާން 1437

19 ޖޫން 2016
ހޯދާ