މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މ.މަޑުއްވަރީ މަސްޖިދުއްނަޞްރު މިސްކިތުގެ ގޯތީގެ ފާރުގެ އެތެރެފަރާތުގައާއި، ބޭރުފަރާތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ބޭނުންވެއްޖެއެވެ.

ވީމާ، މިސައްކަތް ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 10 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން މިއިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައާއި، އަންދާސީހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުގައާއި، ހުށަހަޅުއްވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނޫނީ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މާކްސް ދިނުމުގައި އަންދާސީހިސާބުތައް އިވެލުއޭޓް ކުރާ ކޮމިޓީން ބަލާނެ މިންގަނޑު

  1. އެންމެ ކުޑައަގަށް :           %75
  2. މަސައްކަތް ނިންމައިދޭނެ އެންމެކުރު މުއްދަތަށް: % 15
  3. ފަންނީ ގޮތުން ޤާބިލުކަން ހުރި މިންވަރަށް: %5
  4. ތަޖުރިބާއަށް: %5                                            

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

16 ރަމަޟާން 1437

21 ޖޫން 2016
ހޯދާ