މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ގެންގުޅޭ މެޓީރިއަލްސްގެ ސްޓޭންޑަޑް ކަނޑައެޅުމާގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ގެންގުޅޭ މެޓީރިއަލްސްގެ ސްޓޭންޑަޑް ކަނޑައެޅުމާގުޅޭ

މި މިނިސްޓްރީން 14 ޖުލައި 2013 މި ތާރީޚުގައި ކޮށްފައިވާ ނަންބަރު IUL)138-ES1/138/2013/35) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ސާރކުގެ އޯގަނައިޒޭޝަނެއް ކަމުގައިވާ ސައުތު އޭޝިއަން ރީޖަނަލް ސްޓޭންޑަޑްސް އޯގަނައިޒޭޝަން (ސާސޯ) ގެ ފަރާތުން ސާރކުގެ މެންބަރު ޤައުމުތަކާ ގުޅިގެން އިމާރާތްކުރުމުގައި ގެންގުޅޭ ތަކެތީގެ (މެޓީރިއަލްގެ) ސްޓޭންޑަޑްތަކާއި، ތަކެތި ޓެސްޓުކުރުމާ ގުޅޭ ސްޓޭންޑަޑްތައް އެއްގޮތްކުރުމުގެ މަސައްކަތްތަކެއް 2011 ވަނަ އަހަރު ފަށާފައިވެއެވެ. އެގޮތުން 2013 ގައި އެކުލަވައިލެވުނު ސްޓޭންޑަޑްތަކުގެ ދެލިކޮޕީތަކާ ގުޅޭ ގޮތުން އާންމުންގެ ލަފާހޯދުމަށް އެ އަހަރު މަސައްކަތްތަކެއް ކޮށްފައިވާނެއެވެ.

އަދި މިހާތަނަށް އެކުލަވައިލާފައިވާ ސްޓޭންޑަޑްތަކުގެ ދެލިކޮޕީތަކަށް މެންބަރު ޤައުމުތަކުގައި ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުމަށް މިހާރު ވަނީ ނިންމާފައެވެ. މިވަގުތު މަޝްވަރާކުރަމުންދަނީ ސިމެންތިއާއި، ސްޓްރަކްޗަރަލް ދަގަނޑާއި، ދަގަނޑު ހޮޅިއާއި، ތަށިމުށްޓާބެހޭ ސްޓޭންޑަޑްތަކާ ގުޅޭ ގޮތުން ކަމުގައި ދެންނެވީމެވެ. މަޝްވަރާކުރެވެމުންދާ ސްޓޭންޑަޑްތަކަށް ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ގޮތުގެ ތަފުސީލާއި ޚިޔާލު ހުށަހަޅަންވީ ގޮތުގެ ލިޔެކިއުންތައް މި މިނިސްޓަރީގެ ވެބްސައިޓް http://www.housing.gov.mv/v1/download/812 ގައި ""SAARC Standards for comments ގެ ނަމުގައި ޑައުންލޯޑް ކުރެވެން ހުރި ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، އިސްވެ ދެންނެވުނު ސްޓޭންޑަޑްތަކަށް އެއްވެސް ބޭފުޅެއް ޚިޔާލުފާޅުކުރަން ބޭނުންވާނަމަ، ކަނޑައަޅާފައިވާ ތާރީޚުތަކުގެ ކުރިން [email protected] އަށް އީ-މެއިލްކޮށް ދެއްވުން އެދެމެވެ. އެގޮތުން ޚިޔާލުފާޅުކުރުމަށް ހުޅުވާލާފައިވާ ފުރަތަމަ ފުރުޞަތުގެ މުއްދަތު ހަމަވާނީ 20 ޖުލައި 2016 ގެ ނިޔަލަށް ކަމުގައި ދެންނެވީމެވެ.

16 ރަމަޟާން 1437

 

21 ޖޫން 2016
ހޯދާ