ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ބީ ބްލޮކް އިމާރާތުގެ ކްލާސްރޫމްތައް ވަކިކުރުމަށް ފާރު ރޭނުން

އިޢުލާން

މި ސްކޫލުގެ ނަންބަރު:GS168/IUL/2016/031 އިޢުލާނު ބާޠިލުކޮށް، އެމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މި ސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، ތިރީގައިމިވާ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ސްކޫލުގެ ބީ ބްލޮކް އިމާރާތުގެ ކްލާސްރޫމްތައް ވަކިކުރުމަށް ފާރު ރޭނުން

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

 ތަން  ތާރީޚު  ދުވަސް  ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ދިއްގަރު ސްކޫލް އޮފީސް

04 ޖުލައި 2016

ހޯމަ

13:00

އަންދާސީހިސާބު ހުށަހެޅުން

ދިއްގަރު ސްކޫލް އޮފީސް

12 ޖުލައި 2016

އަންގާރަ

13:00

ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ދުރުވާނަމަ، އެކުންފުންޏެއް ނުވަތަ އަމިއްލަ ފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ