ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތިދަނޑި ހަރުކޮށް ރޯޑްލައިޓް ފިކުސްޗަރއާއި ލައިޓް ހަރުކޮށް، ވައިރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 15 މަގުބައްތި އަމިއްލަ ތަކެތީގައި ތައްޔާރުކޮށް ބައްތިދަނޑި ޖަހަންޖެހޭ ސަރަޙައްދުތަކުގައި ބައްތިދަނޑި ހަރުކުރުމަށްފަހު، މި އިދާރާއިން ހަވާލުކުރާ ރޯޑްލައިޓް ފިކުސްޗަރއާއި ލައިޓް ހަރުކޮށް، އަމިއްލަ ތަކެތީގައި ވައިރުކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މަތީގައި ބަޔާންކުރެވުނު މަސައްކަތްތައް އަމިއްލަ ތަކެތީގައާއި މި އިދާރާއިން ހަވާލުކުރާ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތުދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "15 މަގުބައްތި ތައްޔާރުކޮށް، ބައްތިދަނޑި ހަރުކޮށް ވައިރުކޮށްދިނުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން: 28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 13:00 ގައި.
  2. އަންދާސީހިސާބު ބަލައިގަތުން: 03 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގައި.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ