ދިވެހިރާއްޖެ
މަޤާމް :ޕްރޮޖެކްޓް މެނޭޖަރ | |
---|---|
ބޭނުންވާ އަދަދު :1 | |
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ޕްރޮޖެކްޓް މެނޭޖަރ (އިންޓަނޭޝަނަލް/ ލޯކަލް) - ކިންގް ސަލްމާން މިސްކިތުގެ ޕްރޮޖެކްޓް ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "ކިންގް ސަލްމާން މިސްކިތު"ގެ މަޝްރޫޢުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި މިމިނިސްޓްރީގައި ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެއް (ޕީ.އެމް.ޔޫ.) ޤާއިމުކުރާތީ، މި ޔުނިޓަށް ޕްރޮޖެކްޓް މެނޭޖަރ ގެ މަޤާމަށް މީހަކު ބޭނުންވެއެވެ. މިމަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 3,500 އެމެރިކާ ޑޮލަރުގެ އުޖޫރައެއް ދެވޭނެއެވެ. މަޤާމުގެ މުއްދަތަކީ 24 މަސްދުވަހެވެ. ވީމާ، ޕްރޮޖެކްޓް މެނޭޖަރެއްގެ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 20 ވާ ބުދަދުވަހު 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ. މި މަޤާމުގައި ކުރަންޖެހޭ މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މިނިސްޓްރީގެ ވެބްސައިޓްwww.housing.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ. އަމީނީ މަގު، މާލެ، ދިވެހިރާއްޖެ. ފޯން: 3004300 ފެކްސް:3004301 އީ-މެއިލް: [email protected] ވެބްސައިޓް: www.housing.gov.mv 15 ރަމަޟާން 1437 |