މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައިދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ކުންފުނީގެ ރިސެޕްޝަން ބެލެހެއްޓުމާއި ކުންފުންޏަށް އަންނަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން؛
  • ކުންފުންޏަށް ވަންނަ ސިޓީތަކާއި ލިޔެކިޔުންތައް އިސްވެރިއެއްގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން؛
  • ކުންފުނީގެ މީޓިންގތައް ހަމަޖައްސައި އެޖެންޑާ ތައްޔާރުކުރުމާއި، ޔައުމިއްޔާ ލިޔުމާއި އަދި މީޓިންގތަކުގެ ރެކޯޑުތައް ބެލެހެއްޓުން؛
  • ކުންފުނީގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން؛
  • ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގައި މުވައްޒަފަކު ބަލިވެ ނުވަތަ އެހެންވެސް ސަބަބަކާހުރެ ނާދެވޭ ހާލެއްގައި ވަގުތީގޮތުން އެފަދަ މަސައްކަތް ކޮށްދިނުން؛ 
  • އޮފީސް އެސިސްޓެންޓް ޗުއްޓީގައި ހުންނަ ދުވަސްތަކުގައި އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތް ކޮށްދިނުން؛
  • މީގެއިތުރުންވެސް ކުންފުނީގެ އެންމެހައި ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  • ކުންފުނީގެ ސްޓޮކް ބެލެހެއްޓުމާއި ތަކެތި ދޫކުރުން؛
  • ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާނެ ތަކެތި ހޯދުމުގެ އިދާރީ އެންމެހާ މަސައްކަތް ކުރުމާއި އެތަކެތި ލިބުމުން ސްޓޮކަށް ވެއްދުން؛

މަޤާމުގެ ޝަރުޠު:

  • ދާއިރާއާ ގުޅޭ ފީލްޑަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. އަދި މަދުވެގެން 02 (ދޭއް) އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
  • މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން؛
  • ދިވެހި އަދި އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތު ކުރަން އެނގުން،
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށްވުން؛

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 ޖޫން 2016 ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ސީ.ވީ (ވަނަވަރު) ގުޅޭނެ ނަންބަރާއެކު ފޮނުވުން އެދެމެވެ.

މަޤާމު: އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. މި ކުންފުނިން ހަވާލުކުރާ އިންވޮއިސް، ސިޓީ، ޑޮކިއުމަންޓްސް ފަދަ ތަކެތި ބެހުމަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ދިއުމާއި، އޮފީހަށް ގެންނަންޖެހޭ ތަކެތި ގެނައުން.
  2. އޮފީސް އިމާރާތާއި، ފަރުނީޗަރާއި، ހިފައިގެންގުޅޭ ތަކެތި ސާފުކޮށް ބެހެއްޓުން؛
  3. އޮފީސް ހުޅުވައި ލެއްޕުމުގެ މަސައްކަތްް ކޮށްދިނުން؛
  4. ކުންފުނިން އެވަގުތު ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

މަޤާމުގެ ޝަރުޠު:

  1. ގްރޭޑް 8 ފުރިހަމަކޮށްފައިވުމާއެކު މަދުވެގެން 01 އަހަރުގެ މަސައްކަތުގެ ތަޖުރީބާ ލިބިފައިވުން؛
  2. ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަން ކިޔަން ދަންނަ ފަރާތަކަށްވުން؛
  3. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛
  4. ސައިކަލްގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން؛

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 ޖޫން 2016 ވަނަ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް ސީ.ވީ (ވަނަވަރު) ގުޅޭނެ ނަންބަރާއެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 3300023 އަށް ގުޅުއްވުމަށް އެދެމެވެ.

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

މޫކައި ސޫޓްސް، ތިންވަނަ ފަންގިފިލާ، ހަވީރީ ހިނގުން

މާލެ، ދިވެހިރާއްޖެ

22 ޖޫން 2016
ހޯދާ