ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ލިޔެކިއުންތައް ރައްކާކުރުމަށްޓަކައި އެކަށީގެންވާ ގުދަނެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/1/2016/51 (15 މޭ 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ޖޫން 27 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 03 ވާ އާދީއްތަ ދުވަހު ހެނދުނު 10:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
16 ރަމަޟާން 1437