މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑޮކްޓަރ

އިޢުލާނު

މި ކޯޕަރޭޝަންގެ ފަރާތުން 1437ހ. ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ ތިރީގައިމި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

 ޑޮކްޓަރު

އަދަދު:

 3 (ތިނެއް)

ފެންވަރު ނުވަތަ ޝަރުޠު

  1. މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީވެފައިވުމާއެކު ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.    
  2. މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  3. ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ޞިއްޙީ ފަރުވާދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
  4. އަންހެނެއްނަމަ 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  5. ޢަރަބި ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.
  2. މައްކާއާއި މަދީނާގައި އުޅޭއިރު ޞިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
  3. ޙައްޖު ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މި ފޯމު މި ކޯޕަރޭޝަނުން ލިބެންހުންނާއެވެ. އަދި މި ކޯޕަރޭޝަނުގެ www.mhcl.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ. )
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

 2016 ޖޫން 26 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢަމަލާތްކުރަން އެނގިވަޑައިގަންނަވާ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މަޤާމަށް ހުށަހަޅާފައިވާ ފަރާތްތައް އިވެލުއޭޓްކުރުމަށްފަހު، ކޯޕަރޭޝަނަށް އިތުރު ޑޮކްޓަރެއް ބޭނުންވާނަމަ އިތުރުވާ ފަރާތެއް ހޮވާނީ މި އިޢުލާނާ ގުޅިގެން އިޖާބަދޭ ފަރާތްތަކުގެ ތެރެއިންނެވެ.
  • ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

21 ޖޫން 2016

21 ޖޫން 2016
ހޯދާ